ޖަޕާން ސަރުކާރުގެ ފަންނީ އެހީތެރިކަމާއެކު ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ކުރިއަށް ގެންދިޔަ "ޕްރޮޖެކްޓް ފޮރ ޕްރޮމޯޝަން އޮފް ބްލޫ އިކޮނޮމީ އިން ފިޝަރީޒް ސެކްޓަރ" ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ޕްރޮގްރާމްގެ ދަށުން މައިގަނޑު 3 ކޮންޕޯނެންޓެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ޕްރޮޖެކްޓަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ބްލޫ އިކޮނޮމީގެ އުސޫލުތައް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރިއެރުވުމަށް ޖަޕާންގެ ފަންނީ އެހީތެރިކަމާއެކު ހިންގި މުހިންމު މަސައްކަތެކެވެ.
މި ޕްރޮގްރާމުގެ ދަށުން މަސްވެރިކަމުގެ އައު ޓެކްނިކްތައް ތަޢާރަފުކުރުމާއި، މަސްވެރިންނަށް ތަމްރީނު ދިނުމާއި، މަސްވެރިކަމުގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުން ފަދަ ކަންކަން ހިމެނެއެވެ. މި ޕްރޮގްރާމުގެ މަޤްސަދަކީ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް، މަސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމެވެ.
މި ޕްރޮގްރާމްގެ ތެރެއިން ބޭނުންކުރި ޓެކްނިކްތައް އަދި ހާސިލްވި ކަންތައްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މަސްވެރިންނަށާއި، މަސްވެރިކަމުގެ އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކާ ވަނީ ހިއްސާކޮށްފައެވެ. އެކަމުގެ މަޢުލޫމާތު ދިނުމަށް 2025 މެއި 26 ގައި ވަނީ އެކަމަށް ހާއްސަ ކޮންފަރެންސްއެއް ބާއްވާފައެވެ. މި ކޮންފަރެންސަކީ މަސްވެރިކަމުގެ ދާއިރާގެ ކުރިމަގަށް އުއްމީދުތަކެއް ގެނެސްދިން މުހިންމު ފޯރަމެކެވެ.
ހަބަރު: ސަރުކާރު