މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ފަރިތަކުރުންތަކަށް ޖޫމްހޫރީ މައިދާން ހިމެނޭ ސަރަހައްދު ބަންދުކުރަން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ފަރިތަކުރުންތަކަށް ޖޫމްހޫރީ މައިދާން ހިމެނޭ ސަރަހައްދު ބަންދުކުރަން ނިންމައިފި

މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ފަރިތަކުރުންތަކަށް ޖޫމްހޫރީ މައިދާން ހިމެނޭ ސަރަހައްދު، މިއަދު ހަވީރުން ފެށިގެން މިރެއާ ހަމައަށް ބަންދުކުރުމަށް ފުލުހުން ވަނީ ނިންމާފައެވެ.

މިކަމާގުޅިގެން ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ރިހާސަލްއަށް ޖޫމްހޫރީ މައިދާން ހިމެނޭ ސަރަހައްދު ބަންދުކުރެވޭނީ މިއަދުގެ 16:00 އިން 18:00 އަށް އަދި މިރޭ 20:00 އިން ފެށިގެން ރިހާސަލް ނިމެންދެން ކަމަށެވެ.

މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތައްޔާރީތަކުގެ ތެރެއިން، މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހާ ހަމައަށް ޖުމްހޫރީ މައިދާން ވަނީ ޢާންމުންނަށް ބަންދުކޮށްފައެވެ. އަދި ފުޅަނދުބުރަށާއި އެދުވަހު ކުރިއަށްގެންދާ އެހެނިހެން ހަރަކާތްތަކަށް އެކި ފަރާތްތަކުން ދަނީ ތައްޔާރުވަމުންނެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ 60 ވަނަ ފަޚުރުވެރި މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށްދާނީ މިމަހުގެ 26 އިން 28 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ތިން ދުވަހުގެ މުއްދަތުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ.

މިނިވަން ދުވަހުގެ ހަރަކާތްތަކަށް ތައްޔާރުވުމުގެ ގޮތުން ޖުމްހޫރީ މައިދާން ބަންދުކުރުމުގެ ސަބަބުން އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކަށް ވަގުތީ ދަތިތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް މިއީ މިނިވަން ދުވަހުގެ ހަރަކާތްތައް ރަނގަޅު ފެންވަރެއްގައި ބޭއްވުމަށް ކޮންމެހެން ބޭނުންވާ ކަމެއް ކަމުގައި ފުލުހުން ފާހަގަކުރެއެވެ.

މިއަދު އޮންލައިން