'ބީއެމްއެލް ވާއު ކިޑްސްގެ ރަން'ގެ 10 ވަނަ އަހަރު - މި އަހަރު އޮންނާނީ ސެޕްޓެންބަރު 12 ވަނަ ދުވަހުގެ ހަވީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
'ބީއެމްއެލް ވާއު ކިޑްސްގެ ރަން'ގެ 10 ވަނަ އަހަރު - މި އަހަރު އޮންނާނީ ސެޕްޓެންބަރު 12 ވަނަ ދުވަހުގެ ހަވީރު

ބީއެމްއެލް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ 'ބީއެމްއެލް ވާއު ކިޑްސް ރަން' ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވަން ނިންމައި ރަޖިސްޓްރޭޝަނަށް ހުޅުވާލައިފިއެވެ.

މި އަހަރުގެ ރޭހުގައި 2 އަހަރާއި 3 އަހަރުގެ އުމުރުފުރާގެ ކުދިން ބެލެނިވެރިންނާ އެކު ދުވާނީ އެއް ކިލޯ މީޓަރަށެވެ. 4 އަހަރާއި 6 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިން ބެލެނިވެރިންނާ އެކު ދުވާނީ ދެ ކިލޯ މީޓަރަށެވެ. ގުރޫޕާއި އަށް އަހަރާއި 10 އަހަރާ ދެމެދުގެ ކުދިން ދުވާނީވެސް ބެލެނިވެރިންނާ އެކު އެވެ.

މި ދުވުމުގައި 7 އަހަރާއި 9 އަހަރާ ދެމެދުގެ އުމުރުފުރާއަށް ތިން ކިލޯމީޓަރު ހަމަޖެހިފައިވާއިރު ބޭނުންނަމަ ބެލެނިވެރިއަކާއެކުވެސް ދުވެވޭނެއެވެ.

 10 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށް 4 ކިލޯމީޓަރު ދުވުމުގެ ފުރުސަތު ލިބޭނެ އެވެ. 10 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާގެ ދުވުން ކުރިއަށް ދާނީ ޓައިމްކޮށްގެންނެވެ.

މި ލިންކުން ރަޖިސްޓްރީ ކުރެވޭނެ: https://races.3000tfg.com/product/bml-wow-kids-run-2025/ 

ބީއެމްއެލް ވާއު ކިޑްސް ރަން" އަކީ މަޖާ ހަރަކާތްތަކާއި ކުޅިވަރުތައް ކުޅެވޭނެ ސްޓޭޝަންތަކާއެކު ބާއްވަން ހަމަޖެހިފައިވާ ދުވުމެކެވެ. މިއީ މި ދުވުން ބާއްވާ 10 ވަނަ އަހަރެވެ.

 

 

 

 

މިއަދު އޮންލައިން