ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 9 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 9 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މޯލްޑިވްސް އިމިގްރޭޝަންގެ ޓާސްކް ފޯސްއިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 9 ބިދޭސީން ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު މާލޭގެ މ. އަސަރީހިނގުމާއި އަސަރީ ގޯޅީގައި ހުރި، ބިދޭސީން ހިންގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށެވެ. މި އޮޕަރޭޝަންގައި ޖުމްލަ 57 ފަރާތެއްގެ ހާލަތު ބަލައި ޗެކްކޮށްފައިވެއެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވުނު 9 ބިދޭސީންގެ ތެރޭގައި ހިމެނެނީ 8 ފިރިހެނުންނާއި އެއް އަންހެނެކެވެ. މި ފަރާތްތަކަކީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ ޚިލާފަށް މަސައްކަތްކުރަމުން ދިޔަ ބައެއްކަން ފާހަގަކުރެވިފައިވެއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިފަދަ އޮޕަރޭޝަންތައް ޤަވާއިދުން ކުރިއަށް ގެންދާކަމަށާއި، ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ އަދި މަސައްކަތްކުރަމުންދާ ބިދޭސީންނާ މެދު ޤާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މިއަދު އޮންލައިން