އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން 929#* ސުޕަޑީލްސް ކެމްޕެއިނެއް ވަނީ ތައާރަފުކޮށްފައެވެ. މިކެމްޕެއިނުގެ ދަށުން ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ހާއްސަ އޮފަރތަކެއް ލިބިގެންދާނެއެވެ. އަދި ހިމެނިފައިވަނީ އެކި ކަސްޓަމަރުންގެ ބިހޭވިއަރ އަށް ބެލުމަށްފަހު ހާއްސަކުރެވޭ އޮފަރތަކެކެވެ.
ސުޕަރޑީލްގެ އޮފަރތައް ހޯދުމަށް އިތުރު ސަބްސްކްރިޕްޝަނެއް ނުވަތަ ސައިން އަޕް ފީއެއް އެކުލެވިގެން ނުވެއެވެ. އުރީދޫގެ ކޮންމެ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ނަންބަރަކަށްވެސް މި އޮފަރ ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ސުޕަރޑީލްސްގެ ތެރޭގައި ބޯނަސް ޑޭޓާ ޕެކޭޖްތަކާއި ޑިސްކައުންޓްތަކުގެ އިތުރުން ހާއްސަ ހަދިޔާތައްވެސް ވަނީ ހިމެނިފައެވެ. އަދި ލިބޭ އޮފަރ ތައް ބަދަލުވެސް ވާނެއެވެ. ކަސްޓަމަރުންނަށް އުރީދޫ ޕޯސްޓްޕެއިޑް ނުވަތަ ޕްރީޕެއިޑް ނަމްބަރަށް 929#* އަށް ފިތާލައިގެން ޕާސަނަލައިޒްޑް ސުޕަޑީލްތަކަށް ފަސޭހައިން ވަދެވޭނެ އެވެ. ޑޭޓާ އެލަވަންސް ބޮޑުކުރަން ބޭނުންވިޔަސް، އަދި އެޑް-އޮން ތަކުން ޑިސްކައުންޓެއް ބޭނުންވިޔަސް، * 929# ސުޕަޑީލްސް އިން ހާއްސްކުރެވިފައިވާ އޮފަރއެއް އޮންނާނެ އެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީ ވިދާޅުވީ 929#* ސުޕަޑީލްސްއާއެކު ކަސްޓަމަރުންނަށް ލިބިގެންދާ ވެލިއު އިތުރުވެގެންދާނެ ކަމަށެވެ. ކޮންމެ ކަސްޓަމަރަކަށް ވެސް އިތުރު ޑޭޓާ، ޑިސްކައުންޓް އަދި އުފާވެރި ސަޕްރައިޒްތަކެއް މި ކެމްޕެއިންގެ ތެރެއިން ލިބިގެންދާނެއެވެ. އަދި *929# ސުޕަޑީލްސް ގެ ތެރެއިން އޮފަރއަކަށް ފިތާލުމާއެކު ވަގުތުން އެ އޮފަރ އެކްޓިވޭޓް ދާނެއެވެ.
އުރީދޫގެ އަމާޒަކީ ހަގީގަތުގައި ޑިޖިޓަލް މޯލްޑިވްސް އެއް ބިނާކުރުންކަން ފާހަގަކޮށްލެވެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް ގުޅާލައި، ދިރިއުޅުމުގައި ކުރަންޖެހޭ ކޮންމެކަމެއްވެސް، އެއީ މަސައްކަތް، ކިޔެވުން، ވިޔަފާރި، ބޭންކިން އަދި މުނިފޫހިފިލުވުން ކަމުގައިވީނަމަވެސް ރައްކާތެރިކަމާއެކު ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކުރެވޭނެ މަގު ފަހި ކޮށްދިނުމުގައި އުރީދޫއިންދަނީ އަބަދުވެސް މަސައްކަތްކުރަމުންނެވެ.
ޕަރސަނަލައިޒްޑް ސުޕަރޑީލްސް ބަލާލުމަށް *929# އަށް ލަސްނުކޮށް ފިތާލާށެވެ.