ކެނދިކުޅުދޫގެ ތަރައްޤީއަށް ވެފައިވާ ހުރިހާ ވަޢުދެއް މިއަހަރާއި އަންނަ އަހަރު ފުއްދައިދޭނަން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ކެނދިކުޅުދޫގެ ތަރައްޤީއަށް ވެފައިވާ ހުރިހާ ވަޢުދެއް މިއަހަރާއި އަންނަ އަހަރު ފުއްދައިދޭނަން: ރައީސް

ކެނދިކުޅުދޫގެ ތަރައްޤީއަށް ވެފައިވާ ހުރިހާ ވަޢުދެއް މިއަހަރާއި އަންނަ އަހަރު ފުއްދައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ނ. ކެނދިކުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ރެކްރިއޭޝަން ސެންޓަރެއް ޤާއިމްކޮށް، ހަލާކުވެފައިވާ ދަނޑު މަރާމާތުކޮށް، ކުޅިވަރުގެ އިތުރު ވަސީލަތްތައްވެސް އެރަށުގައި ޤާއިމްކޮށްދެއްވާނެކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ނުނިމިއޮތް ފެނާއި ނަރުދަމާގެ މަޝްރޫޢުއަށް ދިމާވެފައިވާ މައްސަލަތައް މިހާރުވަނީ ހައްލުކުރެވިފައެވެ. އަދި ދެމަހެއްހާ ދުވަހުގެ ތެރޭގައި އެ މަޝްރޫޢު ނިމޭނެކަމަށާއި، މަގު ހެދުމުގެ މަޝްރޫޢުގެ އީއައިއޭ ނިމިފައިވާތީ މާ ލަސްތަކެއްނުވެ އެ މަސައްކަތްވެސް ފެށޭނެކަމަށް ވިދާޅުވިއެވެ.

"އެންމެ މުހިންމު އެއްކަމެއް އާމްދަނީ އިތުރުކުރުމަށް ރައްޔިތުންނަށް މަގުފަހިކުރުން. ޓޫރިޒަމްގެ ދާއިރާއިން ފުދުންތެރިކަން އިތުރުކުރުމަކީ އަޅުގަނޑުގެ ވަޢުދެއް. އެކަމުގައި އަޅުގަނޑު ތިބޭފުޅުންނާއެކީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކީ އަދި މެންބަރާއެކީ މަސައްކަތް ކުރެވެމުންދަނީ," ރައީސް ވިދާޅުވިއެވެ.

ކެނދިކުޅުދޫ "މެންގްރޫވް އައިލެންޑު" ގޮތުގައި ބްރޭންޑުކުރުމަށް ކައުންސިލާއި ރައްޔިތުން ދޭ އަހަމިއްޔަތަށް އިޖާބަދީ، ރައްޔިތުން އެދޭގޮތަށް އިކޯ ޓޫރިޒަމް ފަށައި ފުޅާކުރުމަށް ގޮތްތަކެއް ހޯދައިދޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މިއަހަރު ގިނަ ރަށްރަށުގައި ކުރިއަށް އޮތް ފަސް މަސް ދުވަސްތެރޭގައި ގިނަ މަޝްރޫޢުތައް ފެށޭނެކަމަށާއި، އަންނަ އަހަރުވެސް އިތުރު ރަށްތަކުގައި މަޝްރޫޢުތައް ފެށި، ދެ އަހަރު ތެރޭގައި ހުރިހާ ވަޢުދެއް ފުއްދޭނެކަމަށް ވިދާޅުވިއެވެ.

މިއަދު އޮންލައިން