ބަންގްލަދޭޝްގެ އަސްކަރީ ބޯޓެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ބަންގްލަދޭޝްގެ އަސްކަރީ ބޯޓެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ބަންގްލަދޭޝްގެ އަސްކަރިއްޔާގެ ތަމްރީން މަތިންދާބޯޓެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ޤައުމުގެ ސަރުކާރަށް ތައުޒިޔާ ވިދާޅުވެފައެވެ.

މި ހާދިސާ ހިނގާފައިވަނީ ބަންގްލަދޭޝްގެ އުއްތަރާ ސަރަޙައްދުގައި ހުންނަ މައިލްސްޓޯން ސްކޫލް އެންޑް ކޮލެޖުގެ ދަނާލަށް އަސްކަރިއްޔާގެ ތަމްރީން މަތިންދާބޯޓެއް ވެއްޓުމުންނެވެ. މި ނުރައްކާތެރި ހާދިސާގައި 19 މީހަކު މަރުވެފައިވާ ކަމަށާއި، އެތައް ސަތޭކަ މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ވަނީ ރިޕޯޓު ކުރެވިފައެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ސޯޝަލް މީޑިއާގައި މެސެޖެއް ހިއްސާކުރައްވާފައެވެ. މި މެސެޖުގައި ރައީސް ވަނީ ބަންގްލަދޭޝްގެ ސަރުކާރުގެ ޗީފް އެޑްވައިޒަރ ޔޫނުސް މުހައްމަދާއި، އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފައެވެ.

މި ހާދިސާއަކީ ބަންގްލަދޭޝްގެ އަސްކަރިއްޔާއަށް ދިމާވި ވަރަށް ބޮޑު ގެއްލުމެކެވެ. އަދި މި ހާދިސާގައި މަރުވި ފަރާތްތަކުގެ ޢާއިލާތަކަށާއި، އަނިޔާވި ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ގިނަ ޤައުމުތަކުން ވަނީ ތައުޒިޔާ މެސެޖު ފޮނުވާފައެވެ.

މިއަދު އޮންލައިން