ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ އެސްޓީއޯ ހިޔާއަށް ކަރަންޓު ދިނުމަށް ބަހައްޓާފައިވާ ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަސް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެްލކޯއިން ބުނީ އެ މައްސަލަ ހައްލު ކުރުމަށް މިހާރު މަސައްކަތް ކުރެވެމުންދާކަމަށާއި ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކުގެ ތެރެއިން މިހާރު ކަރަންޓު ނުދެވި ވަނީ އެސްޓީއޯ ހިޔާއާއި މަސްޖިދު ހަސަން އާދަމްއަށްއެކަނި ކަމަށެވެ. އަދި ކަރަންޓް ކެނޑުމުން
ދިމާވާނެ ދަތިތަކަށް މަޢާފަށް އެދޭކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.