ފުޖިއަންގެ ނައިބު ގަވަރުނަރާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ އިސްވެރިންނާ ބައްދަލުކުރައްވައި ހުޅުމާލޭގައި ގްރީން ހައުސް ތަރައްޤީ ކުރުމާއިގުޅޭ ގޮތުން މަޝްވަރާކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ

ފުޖިއަން ޕްރޮވިންސްގެ ނައިބު ގަވަރުނަރު ހެ ވޭ ޝިއާއޯކުއީ، ދިވެހިރާއްޖޭގެ ޓޫރިޒަމް އަދި ތިމާވެށި މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެގައުމު ގުޅިގެން ކުރިއަށްގެންދެވޭނެ ތަރައްގީގެ ގިނަ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގެ މައިގަނޑު މަޤްޞަދަކީ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ގުޅިގެން މަސައްކަތްކުރެވިދާނެ އާ ދޮރުތައް ހުޅުވުމެވެ.

މި ބައްދަލުކުރެއްވުމުގައި އެންމެ ބޮޑަށް އަލިއަޅުވާލެވުނު އެއް ކަމަކީ ހުޅުމާލޭގައި ގްރީން ނާސަރީއެއް ތަރައްގީކުރުމާ ބެހޭގޮތުންނެވެ. މިއީ ތިމާވެށި ދިފާއުކުރުމާއި، ގުދުރަތީ ރީތިކަން ހިމާޔަތްކުރުމަށް މުހިންމު މަސައްކަތެކެވެ. ދެފަރާތުންވެސް މި މަޝްރޫޢުއަށް ހާއްސަ ސަމާލުކަމެއް ދީފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. މި ނާސަރީގެ ސަބަބުން ތިމާވެށީގެ ހޭލުންތެރިކަން އިތުރުވެ، ގަސްގަހާގެހި ހައްދައި ބެލެހެއްޓުމަށް ބޭނުންވާ ވަސީލަތްތައް ފަހިވެގެންދާނެއެވެ.

މީގެ އިތުރުންވެސް، ޓޫރިޒަމް ދާއިރާއިންނާއި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން ދެގައުމުގެ ގުޅުން ބަދަހިކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ދެގައުމުގެ މެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިވެ، ތަރައްގީގެ އާ އުސްބިންތައް ފެނިގެންދާނެ ކަމަށް ބެލެވެއެވެ. ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރޭގައި ޗައިނާގެ ފަތުރުވެރިންގެ އަދަދު ގިނަވުމާއެކު، ދެޤައުމުގެ ދެމެދުގައި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުކުރުމަކީ ދެފަރާތަށްވެސް ފައިދާހުރި ކަމެކެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން