ރައީސްގެ ދަތުރުފުޅުގެ ތެރެއިން ނ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ރައީސްގެ ދަތުރުފުޅުގެ ތެރެއިން ނ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅައިފި

މިލަދުންމަޑުލު ދެކުނުބުރީ މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އަޅައިފިއެވެ.

ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅާފައިވަނީ މަނަދޫގައި މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއިރު، ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އަހުމަދު ސައުދީއެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު އަލްއުސްތާޛު ހުސްނީ މުބާރާކް އަދި މަނަދޫ ކައުންސިލްގެ ރައީސް އަބްދުއް ރަޙްމާން ސަބީޙުވެސް ބައިވެވެޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މަނަދޫގައި ތަރައްޤީ ކުރާ މި އައު ހޮސްޕިޓަލަކީ 50 އެނދުގެ ޒަމާނީ ހޮސްޕިޓަލެކެވެ. މި މަޝްރޫޢަކީ ސަރުކާރުން 187 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ މަސައްކަތް 780 ދުވަސް ތެރޭ ނިންމާ ގޮތަށް އެމްޓީސީސީއާ ވަނީ ހަވާލުކޮފައެވެ.

މި ހޮސްޕިޓަލުގެ ސަބަބުން، މި ސަރަހައްދުގެ ރައްޔިތުންނަށާއި ޚާއްސަކޮށް މަނަދޫ ރައްޔިތުންނަށް ރަށުގައި ތިބެގެން ސިއްޙީ އެހީތެރިކަން ހޯދުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިކަމުގެ ސަބަބުން ދަތުރުފަތުރުގެ ދަތިކަމާ ކުރިމަތިނުވެ، ބޭސްފަރުވާއަށް އެކި ރަށްރަށަށް ދަތުރުކުރުން މަދުވެގެންދާނެ ކަމަށްވެސް ބެލެވެއެވެ.

މިއަދު އޮންލައިން