ސަރުކާރުގެ ސިޔާސަތަކީ ރީޖަނަލް ހޮސްޕިޓަލްތައް ޓާޝަރީ ފެންވަރަށް ބަދަލުކުރުން: ޞިއްޙީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ސަރުކާރުގެ ސިޔާސަތަކީ ރީޖަނަލް ހޮސްޕިޓަލްތައް ޓާޝަރީ ފެންވަރަށް ބަދަލުކުރުން: ޞިއްޙީ ވަޒީރު

ރާއްޖޭގައި މިހާރު ހުރި ރީޖަނަލް ހޮސްޕިޓަލްތައް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަކީ މި ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުންނެވެ. ވަޒީރު ވިދާޅުވި ގޮތުގައި، ސަރުކާރުގެ މި ސިޔާސަތުގެ މައިގަނޑު މަޤްޞަދަކީ އަތޮޅު ހޮސްޕިޓަލްތަކުގައި އިތުރު ޚިދުމަތްތައް ފެށުމާއި، ބޭސް ފަރުވާ ކުރުމަށް އެހެން ރަށްރަށަށް ދަތުރުކުރަން ޖެހޭ ނިސްބަތް މަދުކުރުމެވެ.

މިގޮތުން ސައިކެޓްރީއާއި ފިޒިއޮތެރަޕީއާއި ސްޕީޗް ތެރަޕީފަދަ ޚިދުމަތްތައް އަތޮޅުތަކުގައި ފުޅާކުރުމަކީ މުހިއްމު ސިޔާސަތެއްކަންވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވީ، "އެތަނުގައި އިތުރު ޚިދުމަތްތައް ދިނުމަށްޓަކައި ކުރަން ހުރި މަސައްކަތްތައް ވަރަށް އަވަހަށް ތަންފީޒްކުރަމުން ގެންދާނަން. އަދި އަތޮޅުގެ އެހެން ރަށްރަށުގެ ސިއްޙީ ޚިދުމަތަށް ދަތިވެފައިވާ އެންމެ މުހިއްމު ކަންކަމުގައިވާ އިންފްރަރސްޓްރަކްޗަރގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އިތުރު މަޝްރޫޢޫތަކުގައި ސޮއިކުރުން މިއަދާއި މާދަމާ ހަވާލުކުރެވޭނެ."

މި ސިޔާސަތުގެ ދަށުން، ރާއްޖޭގެ ރައްޔިތުންނަށް ދިގުދެމިހުރި، ފަސޭހައިން ލިބޭ، އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ގާތުން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

މިއަދު އޮންލައިން