މޯލްޑިވިއަންއިން ފުރަތަމަ ފަހަރަށް ޢުމްރާ ދަތުރުތައް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
މޯލްޑިވިއަންއިން ފުރަތަމަ ފަހަރަށް ޢުމްރާ ދަތުރުތައް ފަށައިފި

މޯލްޑިވިއަން އިން، އެ ކުންފުނީގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޢުމްރާ ދަތުރުތައް ރަސްމީކޮށް ފަށައިފިއެވެ. މިއަދު ފެށި މި ދަތުރުތައް ބާއްވަނީ ދިވެހި ޢުމްރާވެރިންނަށް ޚާއްސަކޮށެވެ.

މި ފަހަރުގެ ޢުމްރާ ދަތުރުތަކުގައި ޢުމްރާއަށް ދާނީ ދިވެހިރާއްޖޭގެ ހައްޖު ކޯޕަރޭޝަނާއި މަޝްހޫރު ޓްރެވެލް އެޖެންސީއެއް ކަމަށްވާ ދަ ޓްރެވެލަރ ގްރޫޕްގެ ހަވާލުގައި ޢުމްރާއަށް ދާ މީހުންނެވެ. މި ދެ ކުންފުނިން ވެސް ދަނީ ދިވެހި ރައްޔިތުންނަށް ޢުމްރާގެ ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ.

މޯލްޑިވިއަންއިން ވިދާޅުވެފައިވާ ގޮތުގައި، ޢުމްރާ ދަތުރުތަކަށް ބޭނުންކުރާނީ އެއަރބަސް ވައިޑް-ބޮޑީ މަތިންދާބޯޓުކަމަށެވެ. މީގެ ސަބަބުން ދަތުރުކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކާއި ފުރިހަމަ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ.

އެ އެއަރލައިނުން އަންދާޒާކުރާ ގޮތުގައި މި މަހުގެ ތެރޭގައި 750 އަށް ވުރެ ގިނަ ޢުމްރާވެރިން އެ އެއަރލައިނުން ޢުމްރާއަށް ގެންދާނެއެވެ. މޯލްޑިވިއަންއިން ޢުމްރާ ދަތުރުތައް ފެށުމަށް ނިންމީ، ގިނަ އަދަދެއްގެ ޢުމްރާ ކުންފުނިތަކަކުން ޢުމްރާ ދަތުރުކޮށްދިނުމަށް އެދެމުންދާތީކަމަށް އެ ކުންފުނިން ބުނެއެވެ. މިއީ ދިވެހި ޢުމްރާވެރިންނަށް ލިބިގެންދާ ބޮޑު ފަސޭހައެކެވެ.

މޯލްޑިވިއަންއިން ބާއްވާ މި ޢުމްރާ ދަތުރުތައް މިމަހުގެ 22 ވަނަ ދުވަހާއި 27 ވަނަ ދުވަހު އޮންނާނެއެވެ. 

މިއަދު އޮންލައިން