މާލޭގައި ބިނާކުރާ ވަޤުފް ޢިމާރާތް - ދާރުލް އަރްޤަމް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
މާލޭގައި ބިނާކުރާ ވަޤުފް ޢިމާރާތް - ދާރުލް އަރްޤަމް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކޮށްފި

މާލޭ ސިޓީގެ ހެންވޭރު އަވަށުގެ 64 ނަންބަރު ކޮށީގައި ވަޤުފް ޢިމާރާތް (ދާރުލް އަރްޤަމް) ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އިޢުލާން ކޮށްފިއެވެ.

މިނިސްޓްރީން މިއަދު ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި، މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ގައިވާ ގޮތުގެމަތީން ޢިމާރާތްކުރުމުގެ މަސައްކަތްކުރުމަށް ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

މި މަޝްރޫޢުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މި މަޝްރޫޢަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު 2025 އޮގަސްޓް 21 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ހުޅުވާލެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މި މަޝްރޫޢަކީ މާލޭގައި އިތުރު ވަޤުފް ޢިމާރާތެއް ޤާއިމްކޮށް، އިސްލާމީ ކަންކަމަށް ޚާއްޞަ ވަސީލަތްތައް އިތުރުކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

 

މިއަދު އޮންލައިން