ތ. ބުރުނީ ކައުންސިލުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ބައްދަލުކޮށްފިއެވެ.
މިއަދު ހެނދުނު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ވުޒާރާގެ ބައެއް އިސްވެރިންނާއި ބުރުނީ ކައުންސިލްގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވަނީ ތ. ބުރުނީގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ޤާއިމްކުރުމާއި އެ ގޮފީގައި ކިޔަވައިދިނުމަށް މުދައްރިސުން ހަމަޖެއްސުމާއި ގުޅޭ ގޮތުންނެވެ. މީގެ އިތުރުން ވުޒާރާއާއި ކައުންސިލް ގުޅިގެން ކުރިއަށް ގެންދެވިދާނެ އިތުރު ކަންކަމާއި ގުޅޭ ގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވެއެވެ.