ނ. ހޮޅުދޫގައި ކުރިއަށް ގެންދިޔަ ރިސާލަތު އަދި ނަމާދު ޕްރޮގުރާމަށް ބޮޑު ތަރުޙީބެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 51ސ
ނ. ހޮޅުދޫގައި ކުރިއަށް ގެންދިޔަ ރިސާލަތު އަދި ނަމާދު ޕްރޮގުރާމަށް ބޮޑު ތަރުޙީބެއް!

ހަފްތާ ބަންދުގައި ނ. ހޮޅުދޫގައި ރިސާލަތު ޕްރޮގުރާމާއި ނަމާދު މަތިވެރިކުރުން ޕްރޮގުރާމް ކުރިއަށް ގެންގޮސްފިއެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ނ. ހޮޅުދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގުރާމުތައް ނަންގަވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވާޢިޡް އައްޝައިޚް ޢަލީ ޝަހީދުއެވެ. އެގޮތުން ހޮޅުދޫގައި ސްކޫލް ދަރިވަރުންނަށާއި، ބެލެނިވެރިންނަށް އަދި މުއައްސަސާތަކުގެ މުވައްޒަފުންނަށް މި ޕްރޮގުރާމުތައް ކުރިއަށް ގެންގޮސްފައިވާއިރު ޕްރޮގުރާމުތަކުގައި ގިނަ ބަޔަކު ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން މިސްކިތު ދަރުހާއި ޒުވާނުންނަށް ޚާއްސަކޮށްގެން 'ކޮފީ ވިތް ޝައިޚް' ޕްރޮގުރާމުވެސް އެރަށުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މި ދެ ޕްރޮގުރާމު ރާއްޖޭގެ އެކި ހިސާބުތަކުގައި ކައުންސިލްތަކާއި ގުޅިގެން ކޮންމެ ހަފްތާއަކުވެސް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން