ކުޑަފަރީގެ ކުނި މެނޭޖްކުރުމުގެ އައު މަރުކަޒުގެ ބިންގާ ވަޒީރު ތާރިގު އަޅުއްވައިދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ކުޑަފަރީގެ ކުނި މެނޭޖްކުރުމުގެ އައު މަރުކަޒުގެ ބިންގާ ވަޒީރު ތާރިގު އަޅުއްވައިދެއްވައިފި

ނ. ކުޑަފަރީގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކުނި މެނޭޖްކުރުމުގެ އައު މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ. މި މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ކުޑަފަރީގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި މި މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ތިމާވެއްޓާއި ފަތުރުވެރިކަމާބެހޭ ވަޒީރު ތާރިގު އިބްރާހިމެވެ. މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ނ. އަތޮޅުގެ ތަރައްޤީގެ މަޝްރޫޢުތަކަށް އައު ޞަފްޙާއެއް ހުޅުވާލި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ސިއްޙީ ދާއިރާއާއި، ތިމާވެށި އަދި ކުޅިވަރުގެ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ވަނީ ފައްޓަވައިދެއްވާފައެވެ.

ކުނި މެނޭޖްކުރުމުގެ މަރުކަޒު ޤާއިމްކުރުމަކީ ރަށުގެ ތިމާވެށި ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި މަރުކަޒު ޤާއިމްކުރުމުން ރަށުގެ ސާފުތާހިރުކަން އިތުރުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

މިއަދު އޮންލައިން