ޓީޓީއެމްގެ ބޭންކިންގ ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ޓީޓީއެމްގެ ބޭންކިންގ ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފި

ޓްރެވެލް ޓްރޭޓް މޯލްޑިވްސް (ޓީޓީއެމް)ގެ ބޭންކިންގ ޕާރޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފިއެވެ.

ދިވެހިރާއްޖޭގެ ލީޑިން ޓްރެވެލް ޓްރޭޑް ޝޯ، ޓީޓީއެމް އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޚިދުމަތްތައް އަގުވަޒަންކުރާ އިވެންޓެކެވެ. އޮގަސްޓް މަހުގެ 27 އަދި 28 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ޓީޓީއެމްގެ 9 ވަނަ އެޑިޝަންގައި ޓީޓީއެމް އެވޯޑްސް ނައިޓާއި ގާލާ ނައިޓް އަދި ޓީޓީއެމް ކަނެކްޓް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ބީއެމްއެލްގެ ޗީފް ބިޒްނަސް އޮފިސަރ މޫސާ ނިމާލް ވިދާޅުވީ، " ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިމަގު ބައްޓަން ކުރުމުގައި ބީއެމްއެލް އަކީ މުހިއްމު ބައިވެރިއެއް އަދި މި ސިނާއަތް ކުރިއެރުވުމަށް މި ބޭންކުން ނުހަނު އަހުމިއްޔަތުކަމެއް ދެން. ދިވެހި އިޤްތިސާދު ކުރިއެރުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ފަތުރުވެރިކަން. ބީއެމްއެލްގެ އިތުބާރުކުރެވޭ މާލީ ޚިދުމަތްތަކާއެކު ޓްރެވެލް އެކްސްޕީރިއަންސް އިތުރަށް ރަނގަޅު ކުރުމަށާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހީތެރިވުމަކީ ބޭންކަށް ލިބޭ ފަރުޚުރެއް."

ގައުމީ ބޭންކުން ދަނީ އެކި ގޮތްގޮތުން ފަތުރުވެރިކަމުގެ ދާއިރާ އަށް އެހީތެރިވަމުންނެވެ. މީގެ ތެރޭގައި ރިސޯޓް އަދި ގެސްޓްހައުސް ފަދަ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ބޭނުންވާ ޒަމާނީ މާލީ ޚިދުމަތްތައް ދިނުމާއި ސްޓްރެޓްޖިކް ޕާޓްނާޝިޕް ގާއިމުކޮށް މި ދާއިރާ ކުރިއެރުވުމަށް ކުރެވޭ އެކިއެކި މަސައްކަތްތައް ހިމެނެއެވެ.

މިއަދު އޮންލައިން