ފޮއްދޫ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ފޮއްދޫ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތެއްގައި ބަނދަރުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

ރާއްޖޭގައި ބަނދަރު ނެތް މަދު ރަށްރަށުގެ ތެރޭގައި ހިމެނޭ ފޮއްދޫގައި މިވަގުތު ރަށަށް ލަފާފުރުމަށް ބޭނުންކުރަމުން އަންނަނީ ހަމައެކަނި ހުޅަނގު މޫސުމުގައި ބޭނުންކުރެވޭ ޖެޓީއެކެވެ. މިކަމުގެ ސަބަބުން ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި ރަށުގެ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.

ފޮއްދޫ ކައުންސިލްގެ ރައީސް މުޙައްމަދު މޫސާ ވިދާޅުވި ގޮތުގައި "ރަށުގެ ރައްޔިތުން ބަނދަރަކަށް އިންތިޒާރުކުރާތާ ގާތްގަނޑަކަށް 40 އަހަރު ވެއްޖެ. ބަނދަރެއް ނެތުމުގެ ސަބަބުން ރައްޔިތުން އުޅެމުންދަނީ ވަރަށް ދަތިހާލުގައި".

ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ހާލަތަށް ފާހަގަކުރެވޭ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ. މި މަޝްރޫޢުގެ ސަބަބުން ރަށުގެ މަސްވެރިންނާއި ވިޔަފާރިވެރިންނަށް ލުއިފަސޭހަތަކެއް ލިބި، ރަށުގެ ތަރައްޤީއަށް އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން