މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން 2025 ވަނަ އަހަރު ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި އެޕްލިކޭޝަން ހުށަހަޅުވައްވާފައިވާ ފަރާތްތަކުގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފިއެވެ.
މި ވަގުތީ ނަތީޖާގެ ތަފްސީލްތަކަށް ބަލާލައިލާއިރު، 2025 އަހަރު ސްޓޫޑަންޓު ލޯނަށް ހުށަހެޅުމަށް 500 ފުރުޞަތު ހުޅުވައިލެވުނެވެ. މި ފުރުޞަތުގައި، ޖުމްލަ 1،338 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅުއްވާފައިވާއިރު، ޝަރުތު ފުރިހަމަވި ފަރާތްތަކުގެ ޢަދަދަކީ 806 ކެވެ.
ސްޓޫޑަންޓް ލޯނަށް ހޮވުނު ފަރާތްތަކުގެ ވަގުތީ ނަތީޖާ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވެބްސައިޓް (https://mohe.gov.mv/) މެދުވެރިކޮށް ބެލޭނެއެވެ.
މި ނަތީޖާއަކީ ވަގުތީ ނަތީޖާއަކަށްވުމާއެކު، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ޝަކުވާ ހުށަހެޅުމަށް [email protected] އަށް އީ-މެއިލް ކުރައްވައިގެން ޝަކުވާ ހުށަހެޅޭނެއެވެ.
ހަބަރު: ސަރުކާރު