މަގޫދޫގައި އަލަށް ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާއަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
މަގޫދޫގައި އަލަށް ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާއަޅައިފި

މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫގައި އަލަށް ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ.

މި މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިލަދުންމަޑުލު ދެކުނުބުރީގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި މުހިންމު ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން އެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙް އަދި މަގޫދޫ ކައުންސިލްގެ ނައިބު ރައީސް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަރުކަޒު ޤާއިމްކުރުމަކީ މަގޫދޫގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމެކެވެ. އަދި މި މަރުކަޒު ޤާއިމްކުރުމުން ރަށުގެ މުޖުތަމަޢުގެ ރައްކާތެރިކަމާއި ސަލާމަތަށް އިތުރު ބާރަކަށް ވެގެންދާނެއެވެ.

ބިންގާ އެޅުމުގެ ރަސްމިއްޔާތަށްފަހު ވަޒީރު ޢަލީ އިހުސާން ވަނީ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. 

މިއަދު އޮންލައިން