21 ވަނަ އޭޝިއާ މީޑިއާ ސަމިޓް އަންނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
21 ވަނަ އޭޝިއާ މީޑިއާ ސަމިޓް އަންނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވުމަށް ނިންމައިފި

އޭޝިއާ މީޑިއާ ސަމިޓް އަންނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ. މިކަން އިއުލާންކުރީ މިއަދު ކެންބޯޑިއާގެ ސިއެމްރީޕް ސިޓީގައި ކުރިއަށްދިޔަ 20 ވަނަ އޭޝިއާ މީޑިއާ ސަމިޓް 2025 ގެ "ހޭންޑްއޯވަރ ސެރެމަނީ"ގެ ތެރެއިންނެވެ.

ރާއްޖޭގެ ފަރާތުން މި ތާރީޚީ ލިޔުމާއި ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހިނާ ވަލީދެވެ. އަންނަ އަހަރުގެ ސަމިޓް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޯރ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް (އޭ.އައި.ބީ.ޑީ) އާއި ރާއްޖޭގެ ޤައުމީ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) ގުޅިގެންނެވެ.

ފާހަގަކޮށްލެވޭ ކަމަކީ މިއީ ރާއްޖޭގައި މި ސަމިޓް ބާއްވާ ފުރަތަމަ ފަހަރު ކަމަށްވުމެވެ. ރާއްޖޭގައި 21 ވަނަ އޭޝިއާ މީޑިއާ ސަމިޓް ބޭއްވުމަށް ނިންމުމާއެކު، ސަމިޓްގެ ބައިވެރިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. މި ސަމިޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް ލިބިގެންދާނެ ފަހި ފުރުސަތެއް ކަމުގައިވެސް ބެލެވެއެވެ.

މިހާރު ކުރިއަށްދާ 20 ވަނަ އޭޝިއާ މީޑިއާ ސަމިޓްގައި އޭޝިއާ އަދި ޕެސިފިކް ސަރަޙައްދުގެ 30 އަށްވުރެ ގިނަ ޤައުމަކުން 300 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި މީޑިއާ ދާއިރާގައި ހަރަކާތްތެރިވާ މަތީ ފަންތީގެ ގިނަ ބޭފުޅުން ހިމެނެއެވެ.

އޭއައިބީޑީގެ ފްލެގްޝިޕް އިވެންޓެއްގެ ގޮތުގައި ކޮންމެ އަހަރަކު އިންތިޒާމްކޮށްގެން ބާއްވާ މި ބޮޑު ކޮންފަރެންސްގެ މިއަހަރުގެ ޝިއާރަކީ "ސެލެބްރޭޓިންގ ޓޫ ޑިކޭޑްސް އޮފް އެކްސެލެންސް އެންޑް ބިޔޯންޑް" އެވެ.

މިއަދު އޮންލައިން