ގްރީން ޒޯން ހިމެނޭހެން ބޮޑު ސަރަޙައްދަކުން، އެއްގަމު އުޅަނދުތައް ނެގުމަށް ފުލުހުން އަންގައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ގްރީން ޒޯން ހިމެނޭހެން ބޮޑު ސަރަޙައްދަކުން، އެއްގަމު އުޅަނދުތައް ނެގުމަށް ފުލުހުން އަންގައިފި

މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން، މާލޭގެ ގްރީން ޒޯން ހިމެނޭހެން ބޮޑު ސަރަޙައްދަކުން އެއްގަމު އުޅަނދުތައް ނެގުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު އަންގައިފިއެވެ.

ފުލުހުން އަންގާފައިވާ ގޮތުގައި، ވެހިކަލް ނެގުމަށް އަންގާފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ބޮޑުތަކުރުފާނު މަގުން ބޭންކް އޮފް މޯލްޑިވްސްއިން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ޕާކުކޮށްފައިވާ އެންމެހާ އުޅަނދުތައް ހިމެނެއެވެ. މީގެ އިތުރުން އަމީރު އަޙުމަދު މަގާއި، މެދުޒިޔާރަތް މަގާއި، ރައްޔިތުންގެ މަޖިލިސް ވަށައިގެންވާ މަގުތަކުންވެސް އުޅަނދުތައް ނެގުމަށް ވަނީ އަންގާފައެވެ.

އަދި ޗާންދަނީ މަގާއި ލިލީ މަގުން ބައެއް ސަރަޙައްދުތަކުންވެސް އުޅަނދުތައް ނެގުމަށް ވަނީ އަންގާފައެވެ. މި ސަރަޙައްދުތަކުގެ ތަފްސީލީ ޗާޓެއް ފުލުހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވަނީ ޝާއިޢުކޮށްފައެވެ.

ފުލުހުން އަންގާފައިވާ ގޮތުގައި، މި ސަރަޙައްދުތަކުގައި ޕާކުކޮށްފައިވާ އެންމެހާ އުޅަނދުތައް މާދަމާ ހަވީރު 18:00 ގެ ކުރިން ނެގުމަށް ވެހިކަލް ވެރިން ޢަމަލުކުރަންވާނެއެވެ. އަދި އެ ގަޑީގެ ފަހުން އެ ސަރަޙައްދުތަކުގައި ނުނަގާ ހުންނަ އުޅަނދުތައް އެހެން ސަރަޙައްދަކަށް ބަދަލުކުރެވޭނެ ކަމަށާއި، ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯވކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ވަނީ އަންގާފައެވެ.

މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން މި ސަރަޙައްދުތަކުން އުޅަނދުތައް ނެގުމަށް އަންގާފައިވަނީ، އެ ސަރަޙައްދުތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކަށް ފަސޭހަކަމާއެކު އިންތިޒާމުކުރެވޭނެ މަގު ތަނަވަސްކުރުމަށްޓަކައެވެ.

މިއަދު އޮންލައިން