ތަޅުގަނޑު ހަވާލުކުރާނީ، ސޮއިކުރުމަށްފަހު އެޕަރޓްމަންޓްތައް ޔުޓިލިޓީ ޚިދުމަތްތަކަށް ރެޖިސްޓަރވުމާއި ޑިޕޮސިޓް ފައިސާ ދެއްކުމުން: އެފްޑީސީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ތަޅުގަނޑު ހަވާލުކުރާނީ، ސޮއިކުރުމަށްފަހު އެޕަރޓްމަންޓްތައް ޔުޓިލިޓީ ޚިދުމަތްތަކަށް ރެޖިސްޓަރވުމާއި ޑިޕޮސިޓް ފައިސާ ދެއްކުމުން: އެފްޑީސީ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކަށް ތަޅުގަނޑު ހަވާލުކުރެވޭނީ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، އެޕާޓްމަންޓްތައް ޔުޓިލިޓީ ޚިދުމަތްތަކަށް ރަޖިސްޓަރކޮށް، ޑިޕޮސިޓް ފައިސާ ދެއްކުމުން ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވަނީ ހާމަކޮށްފައެވެ.

އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވި ގޮތުގައި، "ވެރިފައިކޮށްފައި އެގްރިމަންޓްގައި ސޮއިކުރަނީ. އެއަށްފަހު ޔުޓީލިޓީ ޚިދުމަތްތައް (ކަރަންޓު، ފެން) އަށް ރެޖިސްޓަރވާންޖެހޭނެ. ދެން ޑިޕޮސިޓް ފައިސާ ދެއްކީމަ، އަޅުގަނޑުމެން ގޭގެ ވެރިފަރާތާއެކު ގޮސް އެޕަރޓްމަންޓް ޗެކް ކޮށްފަ ތަޅުގަނޑި ހަވާލުކުރާނީ."

ސަރުކާރުން ކަނޑައަޅާފައިވާ ގޮތުން، 2 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15,000 ރުފިޔާ އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25,000 ރުފިޔާގެ ޑިޕޮސިޓް އެއްފަހަރާ ދައްކަންޖެހޭނެއެވެ. ނަމަވެސް، ޑިޕޮސިޓް ދެއްކުމަށް ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވެއެވެ.

މިހާތަނަށް ފްލެޓާ ހަވާލުވުމުގެ އެއްބަސްވުމުގައި 91 ފަރާތަކުން ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކުރާ ލިސްޓަކީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވެރިފައިކުރުމަށްފަހު އެފްޑީސީއަށް ފޮނުވާ ލިސްޓެކެވެ. އަދި ފުރަތަމަ ސޮއިކުރަމުންދަނީ އެންމެ ބޮޑަށް ނިމިފައިވާ ޓަވަރުތަކުން އެޕާޓްމަންޓް ލިބުނު ފަރާތްތަކާއެކުގައެވެ.

ޔުޓިލިޓީ ޚިދުމަތްތަކަށް ރަޖިސްޓަރވުމަށް ފަސޭހަކުރުމުގެ ގޮތުން، ހުޅުމާލޭ ސިންތެޓިކް ޓްރެކް ސަރަހައްދުގައި ވަނީ އެކަމަށް ޚާއްސަ ސަރަހައްދެއް ޤާއިމުކޮށްފައެވެ. ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ފަރާތްތަކާއެކު ސޮއިކުރަން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

މިއަދު އޮންލައިން