ތ. ވިލުފުށީގައި އައިޑީ ކާޑު ހެއްދުމުގެ ޚިދުމަތް މިއަދު ވަނީ ފަށައިފައެވެ. މިއީ އެ އަތޮޅުން މި ޚިދުމަތް ދޭން ފެށި ދެވަނަ ރަށެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން މަޢުލޫމާތު ދެއްވިގޮތުގައި، ވިލުފުށީގައި މި ޚިދުމަތް ފެށުމާއެކު ރަށުގެ ރައްޔިތުންނަށް އެ ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ފަހިވެގެންދާނެއެވެ. އަދި މީގެ ސަބަބުން އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށްވެސް އެ އިދާރާއިން ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ މުހިންމު ސިޔާސަތެއްގެ ގޮތުގައި، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޚިދުމަތް ވިލުފުށީގައި ފެށުމާއެކު، ކުރިން އައިޑީ ކާޑު ހެއްދުމަށް އެހެން ރަށްރަށަށް ދަތުރުކުރަން ޖެހުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުން އައި ދަތިތަކަށް ޙައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.