އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި މިރޭ މާލޭގެ ވަށައިގެން 19 ސަރަޙައްދެއްގައި ހަވާ އަރުވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި މިރޭ މާލޭގެ ވަށައިގެން 19 ސަރަޙައްދެއްގައި ހަވާ އަރުވަނީ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި މާލޭގެ ވަށައިގެން 19 ސަރަޙައްދެއްގައި މިރޭ ހަވާ އަރުވާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ހާމަކޮށްފިއެވެ.

އެމްއެންޑީއެފްއިން ދެއްވި މައުލޫމާތުގައިވާ ގޮތުން، ހަވާ އަރުވާނީ މާލޭގެ ވަށައިގެން ކަނޑުގެ 16 ސަރަހައްދަކާއި، ވައިގެބަނދަރު ކައިރިން 3 ސަރަހައްދެއްގައެވެ. މި ހަވާ އެރުވުން ކުރިއަށްދާނީ މިރޭ 20:30 އިން ފެށިގެން 6 މިނިޓުގެ މުއްދަތަށެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިން ހާމަކުރެއްވި ގޮތުގައި، އައު ޓާމިނަލް ހުޅުވުމުގެ މުނާސަބަތުގައި ޑްރޯން ޝޯއެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހާ ދިމާކޮށް މި މަހުގެ 26 ވަނަ ދުވަހު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާ އައު ޓާމިނަލްގެ މަސައްކަތްތައް ނިންމުމަށް އެމްއޭސީއެލްއިން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ރަސްމިއްޔާތަކީ ރާއްޖޭގެ ވައިގެ ބަނދަރުގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެއް ހަފްލާ ކަމަށްވުމާއެކު، މި ހަފްލާ ފުރިހަމަ ކުރުމަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖެހިފައިވާކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން