ގިނަ އަންހެނުންނަށް ދޯކާ ލިބޭ ސަބަބު- ހުރިހާ އަންހެނުން ދަސްކުރަންޖެހޭ ފިލާވަޅެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ގިނަ އަންހެނުންނަށް ދޯކާ ލިބޭ ސަބަބު- ހުރިހާ އަންހެނުން ދަސްކުރަންޖެހޭ ފިލާވަޅެއް!

ޢާންމުގޮތެއްގައި ފިރިހެނުން ޤަބޫލުކުރާނީ އެމީހުންގެ ލޮލަށް ފެންނަ ކަންތަކެވެ. ނަމަވެސް ގިނަ އަންހެނުން ޤަބޫލުކުރާނީ ފިރިހެނުން ދައްކާ ވާހަތަކެވެ. އެބުނަނީ ތެދެއްކަމުގެ ހެކި ހޯދަން ވިސްނާނީވެސް މަދު އަންހެނެކެވެ. ގިނަ އަންހެނުންނަށް ދޯކާލިބި ހިތާމަކުރަންޖެހޭ ސަބަބަކީ މިއީއެވެ.  

މިއީ ތައުލީމީ ޒަމާނެވެ. މަތީ ތަޢްލީމް ޙާޞިލުކުރާ އަންހެނުންގެ ޢަދަދާއި ނިޞްބަތް އަންނަނީ މަތިވަމުންނެވެ. އެހެންކަމަށްވާއިރު މިކަން މިގޮތަށް އަދިވެސް ދެމިގެން މިއަންނަ ސަބަބު ވިސްނަންވެސް އުނދަގުލެވެ.  

އަހުރެން ބުނާނީ އަންހެނުނ މިމައްސަލައަށް ހޭލުންތެރިވާން ޖެހޭލެއް ބޮޑުވެފައިވާ ކަމަށެވެ. މީހަކު ހަމަ ބުނާއިރަށް އެކަން ޤަބޫލުކުރުމުގެ ބަދަލުގައި އެދައްކާ ވާހައިގައި ބުރަދަންހުރި މިންވަރު ދެނެގަންނަން މަސައްކަތްކުރާށެވެ. އެކަންކޮށްފައި ނޫނީ ޤަބޫލުނުކުރާށެވެ.  

މީހުން ދައްކާ ވާހަކަތަކުގެ ޙަޤީޤަތް އޮޅުންފިލުވުމަކީ އިތުބާރުނުކުރުމެއްވެސް ނޫނެވެ. އެއީ އިތުބާރުކުރާވަރު ބޮޑުކުރަންވެސް ކުރަންޖެހޭ ކަމެކެވެ. އެފަދަ ކަމެއްގައި ޝައްކުކުރަނީތޯ ސުވާލުކޮށްފިނަމަ ބުނާށެވެ! "ޝައްކެއް ނުކުރަނެވެ. ޔަޤީންކުރަންޖެހެނީއެވެ. އެންމެ ރަނގަޅު ގޮތަކީ އެއީ ނޫންހެއްޔެވެ؟" އަނެކާއަކީ ރަނގަޅު މީހަކުނަމަ އެކަން ބަލައިގަނެ މަރުޙަބާކިޔާނެއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

މިއަދު އޮންލައިން