ޤައުމީ ކަންކަމުގައި އަމިއްލަ މަސްލަހަތަށްވުރެ ޤައުމީ މަސްލަހަތު އިސްކޮށް، ގޮތް ނިންމުމުގައި ރައްޔިތުންގެ ހިއްސާ އިތުރުކުރަން ޖެހޭ: މިނިސްޓަރ

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
ޤައުމީ ކަންކަމުގައި އަމިއްލަ މަސްލަހަތަށްވުރެ ޤައުމީ މަސްލަހަތު އިސްކޮށް، ގޮތް ނިންމުމުގައި ރައްޔިތުންގެ ހިއްސާ އިތުރުކުރަން ޖެހޭ: މިނިސްޓަރ

މިނިވަންކަން ދެމެހެއްޓޭނީ އަދި ޤައުމުގެ ސިޔާދަތު ރައްކާތެރި ކުރެވޭނީ ޤައުމީ ކަންކަމުގައި އަމިއްލަ މަސްލަހަތަށްވުރެ ޤައުމީ މަސްލަހަތު އިސްކޮށްގެން ކަމުގައި މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ‏ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިޕޯސްޓުގައި މިނިސްޓަރ ވިދާޅުވެފައިވަނީ ‏ދިވެހިރާއްޖޭގެ މިނިވަންކަން ދެމެހެއްޓޭނީ އަދި ޤައުމުގެ ސިޔާދަތު ރައްކާތެރި ކުރެވޭނީ ޤައުމީ ކަންކަމުގައި އަމިއްލަ މަސްލަހަތަށްވުރެ ޤައުމީ މަސްލަހަތު އިސްކޮށް، ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއި ޝާމިލުވުމާއި ގޮތް ނިންމުމުގައި ރައްޔިތުންގެ ހިއްސާ އިތުރުކޮށްގެން ކަމަށެވެ.

މިނިވަން ދުވަހަކީ ފަޚުރުވެރި ދުވަހެއްގެ ގޮތުގައި މިނިސްޓަރގެ ޕޯސްޓުގައި ވަނީ ސިފަ ކުރައްވާފައެވެ. މިޕޯސްޓުގައި މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވަނީ ދިވެހިރާއްޖޭގެ މިނިވަން ދުވެހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ. 

މިއަދު އޮންލައިން