މިނިވަން ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތީ ދިވެހީންގެ ކާބަފައިން ވެވަޑައިގަތް މަތިވެރި ޤުރުބާނީގެ ސަބަބުން: ޗީފް އޮފް ޑިފެންސް ފޯސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
މިނިވަން ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތީ ދިވެހީންގެ ކާބަފައިން ވެވަޑައިގަތް މަތިވެރި ޤުރުބާނީގެ ސަބަބުން: ޗީފް އޮފް ޑިފެންސް ފޯސް

މިނިވަން ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތީ ދިވެހީންގެ ކާބަފައިން ވެވަޑައިގަތް މަތިވެރި ޤުރުބާނީގެ ސަބަބުން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަލާމަތީ ބާރުތަކާއެކު ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ ރާއްޖެއަކީ 4500 އަހަރަށްވުރެ ދިގު މިނިވަން ތާރީޚެއް އޮތް ޤައުމެއް ކަމަށާއި، މިއީ ދުނިޔޭގެ މަދު ޤައުމަކަށް ލިބިފައިވާ ޝަރަފެއް ކަމުގައެވެ.

މޭޖަރ ޖެނެރަލް ޙިލްމީ ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގެ މައިގަނޑު ތަނބަކީ ދިވެހި އަސްކަރިއްޔާގެ ބަދަހި ލަޝްކަރުތަކެވެ. އަދި "3 ނޮވެމްބަރު 1988 ގައި އަސްކަރިއްޔާ ސާބިތުކޮށްދިނީ ދިވެހީންގެ މިނިވަންކަން ދިފާޢުކުރުމަށް އެއީ ކުޑަކޮށްވެސް ފަހަތަށް ޖެހޭނެބައެއް ނޫންކަން" ކަމަށް ވިދާޅުވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އަހަންމިއްޔަތުކަމުގެ ދަށުން އަސްކަރިއްޔާ މިހާރު ބައްޓަންވަމުންދަނީ ރާއްޖޭގެ ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގައި ފަސްނުޖެހި ޚިދުމަތްދެވޭނެ ފަދަ ގޮތަކަށެވެ.

އެމަނިކުފާނު ވަނީ ތާރީޚުގައި ދިވެހި އަސްކަރިއްޔާއިން ދައްކުވައިދިން މަތިވެރި ޖިހާދުތަކަށް އަލިއަޅުއްވާލައްވާފައެވެ. މީގެ ތެރޭގައި ކަނޑުގެ ބާޒުތަކުން ކަނޑުމަތީގައި ކުރި އެކި ހަނގުރާމަތަކުގައި ދިވެހި އަސްކަރިއްޔާއިން ދުޝްމަނުން ބަލިކުރި މާޒީއާއި، 1988 ވަނަ އަހަރު ދިވެހީންގެ މިނިވަންކަމުގެ ޝަރަފުގައި އަސްކަރިއްޔާއިން ދައްކުވައިދެއްވި ނަމޫނާ މަސައްކަތް ހިމެނެއެވެ.

މިއަދު އޮންލައިން