މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން މާދަމާ (އާދީއްތަ ދުވަހު) ގޭގެއިން ކުނި ނަގާ ގަޑި ބަދަލުވެއްޖެއެވެ. މިކަން މިއަދު ހާމަކުރީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިންނެވެ.
ވެމްކޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން ޖުލައި 27 ވާ އާދިއްތަ ދުވަހު ގޭގެއިން ކުނި ނަގާނީ މެންދުރު ފަހު 2:00 އިން އިރުއޮއްސި 6:00 އާ ދެމެދުގެ ވަގުތުތަކުގައެވެ.
މި ބަދަލާ ގުޅިގެން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ވެމްކޯއިން ވަނީ މަޢާފަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ވެމްކޯއިން ވަނީ ފާހަގަކޮށްފައެވެ.
އާންމު ގޮތެއްގައި މާލޭގައި ގޭގެއިން ކުނި ނަގަމުން އަންނަނީ ކަނޑައެޅިފައިވާ ވަކި ގަޑިތަކެއްގައެވެ. ނަމަވެސް މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން މާދަމާގެ ކުނި ނެގުމުގެ ގަޑިތަކަށް ވަނީ ވަގުތީ ބަދަލެއް ގެނެސްފައެވެ.