މިސަރުކާރު ވެރިކަމާއި ހަވާލުވިއިރު އައު ޓާމިނަލްގައި ނިމިފައިވަނީ އެންމެ %30 އަނެއް %70 ނިންމީ ރައީސް ޑރ. މުއިއްޒު: އެމްޑީ ޝަރީފް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
މިސަރުކާރު ވެރިކަމާއި ހަވާލުވިއިރު އައު ޓާމިނަލްގައި ނިމިފައިވަނީ އެންމެ %30 އަނެއް %70 ނިންމީ ރައީސް ޑރ. މުއިއްޒު: އެމްޑީ ޝަރީފް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޕެސެންޖަރ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް ވިދާޅުވެފައިވަނީ، މިސަރުކާރު ވެރިކަމާއި ހަވާލުވިއިރު އައު ޓާމިނަލްގައި ނިމިފައިވަނީ އެންމެ 30 އިންސައްތަ ކަމަށާއި، އަނެއް 70 އިންސައްތަ ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ކަމަށެވެ.

ޝަރީފް ވިދާޅުވި ގޮތުގައި 2023 ވަނަ އަހަރު މަގާމާއި ހަވާލުވެވަޑައިގެންނެވިއިރު ހުއްޓިވަޑައިގަންނަވަން ޖެހުނީ ހުރިހައި މާނައެއްގައިވެސް ހުސްކަމެއްގެ ތެރެއަށެވެ. އޭރު ގިމަތައެއްގެ ފާރުތައް ރޭނި ފެންހިޔާކޮށްފައި ހުއްޓަސް، ތަން ހުޅުވުމަށް ގިނަ މަސައްކަތްތަކަކާއި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ކަރަންޓް ދެވޭނެގޮތެއް ނެތް. ކަރަންޓްގެ ވިއުގައެއްވެސް ނެތް. ނަރުދަމާގެ ނިޒާމެއް ނެތް. ފެން ހިންދާނެ ގޮތެއް ނެތް," ޝަރީފް ވިދާޅުވިއެވެ. އަދި ތަނަށް ބޭނުންވާ 12 މެގަވޯޓްގެ ކަރަންޓް ނިޒާމު އުފެއްދީ ވައިގެ ބަނދަރުގެ މުވައްޒަފުންގެ މަސައްކަތުން ކަމަށް ފާހަގަކުރެއްވިއެވެ.

އެމްޑީ ޝަރީފް އިތުރަށް ވިދާޅުވި ގޮތުގައި، ހެޑް އޮފް ސްޓޭންޑް މަގު ވުޖޫދުގައި ނެތުމަކީ ޓާމިނަލް ހިންގުމަށް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އަދި ބޭރުން ފައިސާ ހޯދުމުގެ މަސައްކަތްވެސް އޮތީ އިންތިހާއަށް ދަތިވެފައި ކަމަށް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެން ހުންނެވި މާލިމީ ބަދަލުވުމާއެކު އައު ޕެސެންޖަރ ޓާމިނަލްގެ މަސައްކަތް ހަލުވިވެގެން ދިޔަ ކަމަށާއި، ރައީސް މުއިއްޒުގެ ވަޒީރުކަމުގައި ކުރައްސަވާލެއްވި ތަސްވީރާއި އަސްލު މަންޒަރު ގުޅުވާލެއްވީ މާ ފަރިތަކޮށް ކަމަށެވެ.

މިއަދު އޮންލައިން