ސްރީލަންކާގެ ރައީސް މާދަމާ ރާއްޖެ ވަޑައިގަންނަވާނެ

މިއަދު
ކިޔުމަށް ހޭދަވާނީ 45ސ
ސްރީލަންކާގެ ރައީސް މާދަމާ ރާއްޖެ ވަޑައިގަންނަވާނެ

ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ދިސަނަޔަކަ، މާދަމާ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކުރައްވައިފިއެވެ.

މިއީ އެމަނިކުފާނު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސްރީލަންކާގެ ރައީސްކަމުގެ މަޤާމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު މަތީ ފަންތީގެ މަޝްވަރާތަކެއް ކުރިއަށް ގެންދެވުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްވަރާތަކުގައި ދެ ޤައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެވޭނެއެވެ.

ދެ ޤައުމުގެ ދެމެދުގައި އޮތް ދެމެހެއްޓެނިވި ގުޅުން އިތުރަށް ހަރުދަނާކޮށް، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މި ދަތުރުފުޅުގައި މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. 

މިއަދު އޮންލައިން