ރޭގަނޑު ދަންވަރު ދޮށީ ޢުމުރުގެ ބޭފުޅުން ޑަޔަލިސިސް ހަދަން ތިބެންޖެހުމަކީ ބަލަން ފަސޭހަ ކަމަކަށްނުވި: ސީއީއޯ އަބްދުއްރައްޒާޤް

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ރޭގަނޑު ދަންވަރު ދޮށީ ޢުމުރުގެ ބޭފުޅުން ޑަޔަލިސިސް ހަދަން ތިބެންޖެހުމަކީ ބަލަން ފަސޭހަ ކަމަކަށްނުވި: ސީއީއޯ އަބްދުއްރައްޒާޤް

ރޭގަނޑު ދަންވަރު ދޮށީ ޢުމުރުގެ ބޭފުޅުން ޑަޔަލިސިސް ހަދަން ތިބެންޖެހުމަކީ ބަލަން ފަސޭހަ ކަމަކަށްނުވި ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ ޑަޔަލިސިސް ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއީއޯ އަބްދުއްރައްޒާޤް ވިދާޅުވީ، "ޑަޔަލިސިސް ޚިދުމަތަކީ ޗޮއިސް އޮތް ކަމެއް ނޫން، ކިޑްނީ ބަލީގެ ބޭފުޅުންކަމުގައިވާތީ ހަފްތާއަކު 3 ދުވަހު 4 ގަޑިއިރު މިތަނުގައި ޚިދުމަތް ހޯދުމަށް މަޑުކުރަންޖެހޭ" ކަމަށެވެ.

"އެހެންކަމުން 3 ދަންފަޅިއަށް ޚިދުމަތްދޭން ފެށިނަމަވެސް ރޭގަނޑު ދަންވަރު ދޮށީ ޢުމުރުގެ ބޭފުޅުން ތިބެންޖެހުމަކީ ބަލަން ފަސޭހަ ކަމަކަށްނުވި. އެހެންކަމުން ރައީސްގެ އިރުޝާދުފުޅާއެކު އަޅުގަނޑުމެން ނިންމީ އޮރެންޖް ހިޔާގައި 30 އެނދުގެ ޑައިލިސިސް ސެންޓަރެއްގެ ޚިދުމަތް ފެށުމަށް" ކަމަށް އަބްދުއްރައްޒާޤް ވިދާޅުވިއެވެ.

ހުޅުމާލޭ އޮރެންޖް ހިޔާގައި ޤާއިމުކުރި ޑަޔަލިސިސް ސެންޓަރުގައި 30 އެނދު ވަނީ ޤާއިމުކޮށްފައެވެ. މި ސެންޓަރުގައި ޒަމާނީ ފެންވަރަށް އިމަރޖެންސީ ޙާލަތުގައި ފަރުވާ ދެވޭނެ އިތުރު 2 އެނދާއި، ބަލި މީހުން އެކަހެރިކޮށްގެން ޚިދުމަތްދޭންޖެހޭ ޙާލަތްތަކުގައި ޚިދުމަތްވެސް ދެވޭނެހެން ވަނީ އިންތިޒާމުތައް ޤާއިމުކޮށްފައެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވިދާޅުވީ މި ޑަޔަލިސިސް ސެންޓަރުގައި ދެދަންފަޅިއަށް ޚިދުމަތް ދިންނަމަވެސް، ދުވާލަކު 150 މީހުންނަށް މަދުވެގެން ޚިދުމަތްދެވޭނެ ކަމަށެވެ. އަދި ހަމައެއާއެކު މާލެ ސަރަޙައްދުގައި ޑަޔަލިސިސްގެ ޚިދުމަތް ބޭނުންވެގެން ކިޔުގައި މަޑުކުރަން މީގެފަހުން ނުޖެހޭނެކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

މިއަދު އޮންލައިން