ވެލާނާ އެއަރޕޯޓުގެ އާ ޓާރމިނަލް ގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސައި އެގޮތަށް ޢަމަލު ކުރަން މިއަދުގެ ޢަސްރު ނަމާދުން ފެށިގެން ވާނީ ފަށާފައ!"
މިއީ ރައީސް ޑރ. މުޙައްމަދު މޖުޢިއްޒު އެކްސްގައި ކުރައްވާފައިވާ ޕޯސްޓެކެވެ.
ވަރަށް ކުރު ޖުމުލައެކެވެ. ކުޑަކުޑަ ވާހހަކަކޮޅެކެވެ. އެކަމަކު އެއީ ރާއްޖޭގެ ތާރީޚަށް ބެލިނަމަވެސް ފަޚުރުވެރިވެ އުފާކުރަންޖެހޭ ޚަބަރެކެވެ. މާލޭގައި އުޅޭ ވަކިބައަކަށް އަޑުއިވިދާނެތީ އިސްލާމީ މަރުކަޒުގެ ތާޅަފިލި "މަރައިލި" ދުވަސްވެސް މިތިބީ ފެނިފައެވެ.
މިކަމުގެ ފައިދާކުރާނީ ހަމައެކަނި މަސައްކަތްކުރާ މުސްލިމް މުވައްޒިފުންނަކަށް ނޫނެވެ. ﷲ ތަޢާލާ އަންގަވާފައި އޮތީ ބަންގީގެ އަޑު އިއްވުމަށެވެ. އެހެންވީ އެހެން ދީންތަކުގެ މީހުންނަށްވެސް އޮތީ އިއްވުމެވެ.
ވެލާނާ އިންޓަރނޭޝަލް އެއާޕޯޓުގެ އައުޓާމިނަލް ހުޅުވަން ހަވާއެރުވުން ދުނިޔޭގެ ރެކޯޑުފޮތުން ޖާގަހޯދިއިރު އައުޓާމިނަލުން ބަންގީގެ އަޑު އިއްވުން ވެގެންދާނީ ރާއްޖޭގެ އިސްލާމީ ތާރީޚުގެ ރެކޯޑުފޮތުގައި ރަންއަކުރުން ފަވައިލެވޭނެ ކަމަކަށެވެ.