ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރުގެ ޖަނާޒާ މިއަދު އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރުގެ ޖަނާޒާ މިއަދު އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރުގެ ޖަނާޒާ މިއަދު އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ނިންމަވައިފިއެވެ.

މަރުޙޫމްގެ ޖަނާޒާގެ ކަންތައް ހަމަޖެހިފައިވާ ގޮތުން، ކަށުނަމާދު ކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. އޭގެފަހުން ރަސްމީ ޢިއްޒަތުގައި ގަލޮޅު ސަހަރާގައި ފަސްދާނުލެވޭނެއެވެ.

ޙަސަން ޞާބިރަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އަރުވާފައިވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި މަތިވެރި ޝަރަފު އެމަނިކުފާނާ ހަވާލުކުރެވުނު އިރު، އިއްޒަތާ އާޢިލާގެ ފަރާތުން އެކަމާ ހަވާލުވެވަޑައިގަތީ އެމަނިކުފާނުގެ ދަރިކަނބަލުން ޢާއިޝަތު ރާނިޔާ ޞާބިރެވެ.

މަރުޙޫމް ޙަސަން ޞާބިރަށް މި މަތިވެރި ޝަރަފު އެރުވިފައިވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައާއި، އިޤްތިޞާދީ ދާއިރާގައި، ޚާއްޞަކޮށް މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީރެއްގެ ހައިސިއްޔަތުން ކުރައްވާފައިވާ އަގުހުރި މަސައްކަތްތަކަށް ބަލައިގެންނެވެ. މީގެއިތުރުން، ޚާރިޖީ ދާއިރާއިން އެމަނިކުފާނު ކުރައްވާފައިވާ މުހިންމު މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންވެސް މެއެވެ.

މިއަދު އޮންލައިން