ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ގުޅިގެން މަސައްކަތް ކުރާނެ ދާއިރާތަކުގެ އެއްބަސްވުންތަކެއް ޤާއިމުކުރެވޭނެ: ލަންކާގެ ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ގުޅިގެން މަސައްކަތް ކުރާނެ ދާއިރާތަކުގެ އެއްބަސްވުންތަކެއް ޤާއިމުކުރެވޭނެ: ލަންކާގެ ރައީސް

ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދެޤައުމުގެ ދެމެދު މާނަހުރި ގޮތެއްގައި މަޝްވަރާތައް ބޭއްވި، ގުޅިގެން މަސައްކަތް ކުރާނެ ދާއިރާތަކުގެ އެއްބަސްވުންތަކެއް ޤާއިމުކުރެވޭނެކަމަށް ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސްރީލަންކާގެ ރައީސް ވިދާޅުވި ގޮތުގައި، މިދަތުރުފުޅުގައި ރާއްޖެއާއި ލަންކާއާ ދެމެދު އެކި ދާއިރާތަކުން މާނަހުރި ގޮތެއްގައި ގުޅުން ބަދަހިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު މަޝްވަރާތައް ކުރައްވާނެއެވެ. އަދި އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން އެއްބަސްވުންތަކެއް އެކުލަވާލުމަށް ހަމަޖެހިފައިވާކަންވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ރާއްޖެވަޑައިގެންނެވި ސްރީލަންކާގެ ރައީސްގެ މިދަތުރުފުޅަކީ، އެމަނިކުފާނު މިދިޔަ އަހަރު މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ސްރީލަންކާގެ ރައީސްގެ މިދަތުރުފުޅު ދިމާވަނީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނުތާ 60 އަހަރު ފުރޭ މުނާސަބަތާއެވެ. ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމްކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހުއެވެ.

މި ދަތުރުފުޅުގައި ދެޤައުމުގެ މެދުގައި އިތުރު އެއްބަސްވުންތަކެއް ސޮއިކުރެވި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން