ހިއުމަން ޓްރެފިކިންގްއާއި ދެކޮޅަށް ބާއްވާ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު މިނިސްޓަރ ޙައިދަރު ޝަރަފުވެރިކޮށްދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ހިއުމަން ޓްރެފިކިންގްއާއި ދެކޮޅަށް ބާއްވާ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު މިނިސްޓަރ ޙައިދަރު ޝަރަފުވެރިކޮށްދެއްވައިފި

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙްމަދު ވަނީ "ރީޑިފައިނިންގ ރެސްޕޮންސިބިލިޓީސް އިން ކޮމްބެޓިންގ ހިއުމަން ޓްރެފިކިންގ"ގެ ނަމުގައި ކުރިއަށްގެންދާ ކޮންފަރަންސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކުރައްވައި އެމަނިކުފާނު ދެއްވި ޚިތާބުގައި ، މި ކޮންފަރަންސްގެ ޝިޔާރާއި މެދު ތަޢުރީފުކުރައްވައި އެމަނިކުފާނު ވިދާޅުވީ، ހިއުމަން ޓްރެފިކިންގްއާއި ދެކޮޅަށް މަސައްކަތްކުރުމުގައި މުވައްސަސާތަކުގެ އިތުރުން އާންމު ފަރުދުންގެ ޒިންމާ ހިމެނޭކަމާއި، އެކަން މި ކޮންފެރެންސް މެދުވެރިކޮށް ފާހަގަކުރުމަކީ ހިއްވަރުގަދަ ފިޔަވަޅެއްކަމުގައެވެ. އަދި މި ކޮންފަރެންސް އަކީ ދާޚިލީ ސަލާމަތާއި ފަންނިންޔަތާއި ބެހޭ ވުޒާރާގެ "އެންޓި-ހިއުމަން ޓްރެފިކިންގް އެކްޝަން ޕްލޭން 2025"ގެ ފެށުން ކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ. މީގެ އިތުރުން، އެކި މުވައްސަސާތަކާއި އިދާރާތަކުން ހިއުމަން ޓްރެފިކިންގް ފަދަ ލާއިންސާނީ ޢަމަލުތަށް ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރަން ޖެހޭކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"ރީޑިފައިނިންގ ރެސްޕޮންސިބިލިޓީސް އިން ކޮމްބެޓިންގ ހިއުމަން ޓްރެފިކިންގ" ކޮންފެރެންސްގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙްމަދުގެ އިތުރުން ދަޢުލަތުގެ އެހެނިހެން އިސްބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން