އައިޒީ ކިޗަން އަދި ސުވާދާސް ކިޗަން އަކީ އެކުގައި މަސައްކަތް ކުރާ ދެ ކިޗަންއެވެ. ދެ ކިޗަން އިން ތައްޔާރު ކުރާ ކާބޯ ތަކެތި ލިބެން ހުންނާނީ ފަރީދީމަގުގައި ހުންނަ އެސް.ޓީ.އޯ އެލައިޑް ބިލްޑިންގ ގެ ފުރަތަމަ ފަންގި ފިލާ ގައި ހުންނަ އެސް.އެމް.އީ ހަބުގެ ކިޔޮސްކް 1-E އިންނެވެ.

އެތަނަކީ ކައިބޮއިހެދޭ ގޮތަށް އިންތިޒާމް ހަމަޖެހިފައި ހުންނަ ތަނެކެވެ. އޮފީސްތަކުގައި މަސައްކަތް ކުރާ ބޭފުޅުންނަށާއި ސްކޫލު ދަރިވަރުންގެ އިތުރުން އާއިލާތައް އަދި ރަހުމަތްތެރިން އެކުގައި ޒިޔާރަތް ކޮށްލުމަށް ވަރަށް ހިތްގައިމު މާހައުލެކެވެ. މީގެ އިތުރުން ގޭގައި އަދި އޮފީހުގައި ތިއްބަވައިގެން އޯޑަރ ކޮށްލުމުން ޑެލިވަރީގެ ހިދުމަތް ވެސް ލިބިލައްވާނެއެވެ.

ކިޔޮސްކް ހުޅުވިފައި ހުންނާއި އަދި ޑެލިވަރީ ގެ ހިދުމަތް ލިބެން ހުންނާނީ ހެނދުނު 08:30 އިން އިރުއޮއްސި 06:00 އާއި ދެމެދުގެ ގަޑިތަކުގައެވެ. ދެކިޗަން އިން ވެސް ތައްޔާރުކުރާ ކާބޯ ތަކެއްޗަކީ ގޭގައި ތައްޔާރު ކޮށްފަ ހުންނަ ކާބޯތަކެތިވެސް ލިބިލައްވާނެއެވެ. ތައްޔާރު ކުރަނީ ދެކިޗަން ވެސް ހިންގަވާ ދިވެހި އަންހެން ކަނބަލުންނެވެ. ކާބޯތަކެތީގެ ތައްޔާރު ކުރަނީ ސާފުތާހިރު ކަމާއި ރައްކާތެރިކަމާއި އެކުގައި ކަމުގެ ޔަޤީންކަން އަރުވަމެވެ.
ޑެލިވަރީ ކުރެއްވުމަށް ގުޅާނީ 7406789 ނަމްބަރަށް
ލިބެން ހުންނަ ތަކެތީގެ ތެރޭގައި:
- ޓޫނާ ވައިޓް އަދި ބްރައިން ސޭންޑްވިޗް
- އޯޓްސް ބޯކިބާ
- ގްރިލްޑް ސޮސެޖް
- އޮމްލެޓް
- ލާވާ ކޭކް
- ބަނާނާ ބްރެޑް
ރޮށި އަދި ހުނިލީ ރޮއްޓާއި އެކު ބަރަބޯ މަސްހުނި، ފަތް މަސްހުނި، ކުޅިމަސް، ޑެވިލްޑް ސޮސެޖް، ބޭކެޑް ބީންސް، މަސްކުރޮޅި، ތެލުލި ރިހާކުރު ލިބެން ހުންނާނެ
މެންދުރު ޗިކަން ފްރައިޑް ރައިސް، މޭޝްޑް ޕޮޓައިޓޯ، ކޮއްތުރޮށި، ޗިކަން ޕާސްތާ (ރެޑް ސޯސް)، ޓޮމާޓޯ ރައިސް، ވަޅޯމަސް ނޫޑްލިސް، ރިހާކުރު ދިޔަ، ތައި ނޫޑްލިސް، ޗިކަން ކުސްކުސް ލިބެން ހުންނާނެ.
އިންސްޓަގްރާމް އިން ފޮލޯ ކުރައްވާ
aizykitchen
suadas_kitchen
