ރާއްޖެއާއި ސްރީ ލަންކާގެ ގުޅުން ބަދަހިކުރުމަށް މާލީވަޒީރާއި ލަންކާގެ ރައީސް މަޝްވަރާ ކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ރާއްޖެއާއި ސްރީ ލަންކާގެ ގުޅުން ބަދަހިކުރުމަށް މާލީވަޒީރާއި ލަންކާގެ ރައީސް މަޝްވަރާ ކުރައްވައިފި

ރާއްޖެއާއި ސްރީ ލަންކާގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން ވަރުގަދަ ކުރުމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު އާއި ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކާ މަޝްވަރާ ކުރައްވައިފިއެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވުނު މި ބައްދަލުވުމުގައި ދެ ބޭފުޅުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ރާއްޖޭގެ ތަރައްޤީއާއި އިޤްތިޞާދީ ދާއިރާއިން ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުންނެވެ. މި ބައްދަލުވުމަކީ ސްރީލަންކާގެ ރައީސް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ މަސްލަހަތު އޮތް ކަންކަމުގައި އެއް ޤައުމުން އަނެއް ޤައުމަށް އެހީތެރިވުމާއި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަގުފަހިކުރާނެ ގޮތްތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.

ސްރީލަންކާގެ ރައީސްގެ މި ދަތުރުފުޅުގައި ރާއްޖޭގެ އެކި ދާއިރާތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވަމުން ގެންދަވާއިރު، މި ބައްދަލުވުންތަކުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަތީ ފެންވަރުގެ މަޝްވަރާތައް ކުރިއަށް ގެންދެވެއެވެ.

މިއަދު އޮންލައިން