ފިޔާ ލިބުމުގެ ދަތިކަން ޙައްލުކުރުމަށް އެސްޓީއޯއިން ފިޔާ ގެންނަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ފިޔާ ލިބުމުގެ ދަތިކަން ޙައްލުކުރުމަށް އެސްޓީއޯއިން ފިޔާ ގެންނަނީ

ރާއްޖޭގެ ބާޒާރުގައި ފިޔާ ލިބުމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި އެސްޓީއޯއިން ފިޔާ ޝިޕްމަންޓެއް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.

އެސްޓީއޯއިން މަޢުލޫމާތު ދެއްވިގޮތުގައި، މިވަގުތު ރާއްޖެއަށް ފިޔާ ލިބުމުގައި ދަތިވެފައި މިވަނީ މޫސުން ގޯސްވެފައިވާތީއެވެ. މި މައްސަލަ ޙައްލުކުރުމަށްޓަކައި އިންޑިއާއިން ފިޔާ ޝިޕްމަންޓެއް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެ ކުންފުނިން ފާހަގަކުރެއްވިއެވެ.

އާންމުކޮށް ރާއްޖެއަށް ފިޔާ އެތެރެކުރަމުން އަންނަނީ އަމިއްލަ ވިޔަފާރިތަކުން ކަމަށްވާއިރު، އެސްޓީއޯއިން ދާއިމީކޮށް ފިޔާ އެތެރެނުކުރާކަން ފާހަގަކުރެވެއެވެ. ނަމަވެސް، އާންމު ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި ލިބުމުގައި ދަތިތަކެއް ކުރިމަތިވާ ޙާލަތްތަކުގައި އެސްޓީއޯއިން އެފަދަ ތަކެތި އެތެރެކޮށް، އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން ފާހަގަކުރެވެއެވެ.

މި ދަނޑިވަޅުގައި ރާއްޖޭގެ ބާޒާރުގައި ފިޔާ ލިބުން ދަތިވެފައިވަނީ، ފިޔާ ރާއްޖެއަށް އެތެރެކުރުމުގައި ދިމާވެފައިވާ ދަތިތަކެއްގެ ސަބަބުންކަން އެނގިފައިވެއެވެ. އެސްޓީއޯއިން މިފަހަރު ގެންނަ ފިޔާ ޝިޕްމަންޓާއެކު މި ދަތިކަން ޙައްލުވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

މިއަދު އޮންލައިން