ދިވެހިރާއްޖެއާއި ސްރީލަންކާގެ މެދުގައި ސަލާމަތީ ޚިދުމަތުގެ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރުމަށް މިއަދު ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ދާޚިލީ ވަޒީރު ޢަލީ އިޙްސާން ބައިވެރިވެ ވަޑައިގަތުމާއެކު، ސްރީލަންކާގެ ރައީސް ހިޒް އެކްސެލެންސީ އަނޫރާ ކުމާރަ ޑިސަނަޔަކެ ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މުހިންމު ބައްދަލުވުމުގައި ދެ ޤައުމުގެ ސަލާމަތީ ޚިދުމަތްތަކުގެ އިސް ވެރިންގެ ގޮތުގައި ކަމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަސީހް، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ އަދި ކަމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ދެ ޤައުމުގެ މެދުގައި ސަލާމަތީ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. މީގެ އިތުރުން ދެ ޤައުމަށް ކުރިމަތިވެފައިވާ ސަލާމަތީ ގޮންޖެހުންތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ދާއިރާއިން އިތުރު މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.