މަސްވެރިކަމުގެ ތަރައްޤީއާއި ސަރަޙައްދީ މަސްވެރިކަން މެނޭޖްކުރުމުގައި ލަންކާއަކީ އިތުބާރު ހިފޭ ގައުމެއް: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
މަސްވެރިކަމުގެ ތަރައްޤީއާއި ސަރަޙައްދީ މަސްވެރިކަން މެނޭޖްކުރުމުގައި ލަންކާއަކީ އިތުބާރު ހިފޭ ގައުމެއް: ވަޒީރު

މަސްވެރިކަމުގެ ތަރައްޤީއާއި ސަރަޙައްދީ މަސްވެރިކަން މެނޭޖްކުރުމުގައި ލަންކާއަކީ އިތުބާރު ހިފޭ ގައުމެއް ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ރައީސް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ސްރީލަންކާއަކީ މަސްވެރިކަމުގެ ތަރައްޤީއާއި ސަރަޙައްދީ މަސްވެރިކަން މެނޭޖްކުރުމުގައި، ޚާއްޞަކޮށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގައި ރާއްޖޭގެ ގާތް އަދި ދިގު މުއްދަތެއް ވަންދެން އެކުގައި މަސައްކަތްކޮށް އިތުބާރުހިފޭ ބައިވެރިއެއްގެ ގޮތުގައި އޮތް ގައުމެއް ކަމަށެވެ.

ސްރީލަންކާއާއި ރާއްޖެއާ ދެ ގައުމު ގުޅިގެން މިސަރަހައްދުގެ ކަނޑުމަހުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މަސައްކަތްކޮށް، އަދި މި ސަރަޙައްދުގެ ޤައުމުތަކުގެ މަަޞްލަޙަތުތަކަށް ވަކާލާތުކޮށްފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ދެ ޤައުމުގެ މެދުގައި ސަރަޙައްދީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގައިވެސް ވަރުގަދަ ގުޅުމެއް އޮންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މެރިކަލްޗަރ ދާއިރާއާއި، އަދި ފުޅާ ދާއިރާއެއްގައި މަސްވެރިކަމުގެ ތަރައްޤީ ފަދަ އައު ދާއިރާތަކުގައި ގުޅިގެން ކުރިއަށް ދިއުމަށް ޝައުޤުވެރިކަން ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދެމެހެއްޓެނިވި އަދި ރައްކާތެރި އިންޑިއާ ކަނޑުގެ ކުރިއެރުވުމަށްޓަކައި ސްރީ ލަންކާއާއެކު ބިނާކުރަނިވި މަޝްވަރާތަކެއް ކުރިއަށްދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވަޒީރުވަނީ ވިދާޅުވެފައެވެ.

 

 

ހަބަރު: ސަރުކާރު

 

މިއަދު އޮންލައިން