ސިއްޙީ ދާއިރާ ޑިޖިޓަލައިޒްކުރުމަށް ކުރަމުންދާ މަސައްކަތާއެކު މާލެ ސިޓީގެ ހުރިހާ ހޮސްޕިޓަލްތަކެއް އެއް ސިސްޓަމަކުން ގުޅާލުމުގެ މަސައްކަތް ދަނީ ކުރަމުން: ސީއީއޯ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ސިއްޙީ ދާއިރާ ޑިޖިޓަލައިޒްކުރުމަށް ކުރަމުންދާ މަސައްކަތާއެކު މާލެ ސިޓީގެ ހުރިހާ ހޮސްޕިޓަލްތަކެއް އެއް ސިސްޓަމަކުން ގުޅާލުމުގެ މަސައްކަތް ދަނީ ކުރަމުން: ސީއީއޯ

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެފައިވަނީ، ސިއްޙީ ދާއިރާ ޑިޖިޓަލައިޒްކުރުމުގެ މަސައްކަތުގެ ތެރެއިން މާލެ ސިޓީގެ ހުރިހާ ހޮސްޕިޓަލްތަކެއް އެއް ސިސްޓަމަކުން ގުޅާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މި ނިޒާމުގެ ދަށުން ރީޖަނަލް ހޮސްޕިޓަލުތައްވެސް ގުޅާލެވޭނެ ކަމަށާއި، ސެންޓްރަލް ހެލްތު ރިކޯޑްސް އެކްސްޗޭންޖް ނިޒާމެއް ޤާއިމުކޮށް، އޭގެ ތެރެއިން ހުރިހާ ހޮސްޕިޓަލެއްގެ މެޑިކަލް ތަފްސީލުތައް ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށް ސީއީއޯ ވިދާޅުވިއެވެ.

"މިހާރު ބޭނުންކުރާގޮތް ބަދަލުކޮށް ސަރުކާރުގެ ހުރިހާ ހޮސްޕިޓަލުތަކެއްގައިވެސް އެއްބާވަތެއްގެ ހޮސްޕިޓަލް މެނޭޖްމަންޓް ސިސްޓަމްތަކެއް ޤާއިމުކުރެވޭނެ. މީގެ ސަބަބުން ހުރިހާ ހޮސްޕިޓަލެއްގައިވެސް ބަލި މީހުން ހަދާ ޓެސްޓުތަކާއި އޭގެ ނަތީޖާ ފެންނަން ހުންނާނެ،" ސީއީއޯ ވިދާޅުވިއެވެ.

މި ނިޒާމުގެ ސަބަބުން ޓެސްޓުތައް ތަކުރާރުވުމުގެ މައްސަލަ ހައްލުވެ، ޚިދުމަތް އަވަސްވެގެންދާނެ ކަމަށް ސީއީއޯ ފާހަގަކުރެއްވިއެވެ. އަދި މި މަޝްރޫޢު ކުރިއަށް އޮތް އަހަރެއް ނުވަތަ ދޮޅު އަހަރެއްގެ ތެރޭގައި ނިންމުމަށް ވަނީ ރޭވިފައެވެ.

ސިއްޙީ ނިޒާމު ޑިޖިޓަލައިޒްކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާއިރު، ސަރުކާރުގެ ޑިޖިޓަލައިޒޭޝަންގެ މާސްޓަރ ޕްލޭންގެ ދަށުން އެންމެ އިސްކަމެއްދޭ އެއް ދާއިރާއަކީ ސިއްޙީ ދާއިރާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފަމެވެ.

މިއަދު އޮންލައިން