މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި ޖުލައިމަހު ޢުމްރާއަށް ވަޑައިގެން ހުންނެވި ރ. ފައިނު އުޑުވިލާގެ މަރިޔަމް ސިޔާމާ މިއަދު ނިޔާވެއްޖެއެވެ.
އުމުރުން 42 އަހަރުގެ މަރިޔަމް ސިޔާމާ ނިޔާވެވަޑައިގެންފައިވަނީ ފުރަތަމަ ޢުމްރާ އަދާކުރެއްވުމަށްފަހު، މަދީނާއަށް ވަޑައިގެން އެނބުރި ވަޑައިގަންނަވަނިކޮށް ގުބާ މިސްކިތުގައި ދެ ރަކުއަތުގެ ނަމާދެއް ކުރެއްވުމަށްފަހު އިރުކޮޅެއްގެ ތެރޭގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ރާއްޖޭގެ ގަޑިން މިއަދުގެ މެންދުރު 1:00 އާއި ހާއިރުއެވެ.
އަލްމަރްޙޫމާ މަރިޔަމް ސިޔާމާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމާއި ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި މިއަދު ނޫހުގެ ފަރާތުން ދުޢާ ދަންނަވަމެވެ. އާމީން.