ދެވަނަ ކުއާޓަރގައި އެމްޓީސީސީއަށް 27.9 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ދެވަނަ ކުއާޓަރގައި އެމްޓީސީސީއަށް 27.9 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ

މިއަހަރުގެ ދެވަނަ ކުއާޓަރގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް 27.9 މިލިޔަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެމްޓީސީސީން ނެރެފައިވާ ދެވަނަ ކުއާޓަރގެ މާލީ ރިޕޯޓުގައިވާ ގޮތުން، މި ކުއާޓަރގައި ކުންފުންޏަށް 490.3 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 17.7 އިންސައްތައިގެ ކުރިއެރުމެކެވެ. ފުރަތަމަ ކުއާޓަރުގައި ކުންފުންޏަށް ލިބިފައިވަނީ 418.4 މިލިޔަން ރުފިޔާގެ އާމްދަނީއެކެވެ.

ދެވަނަ ކުއާޓަރުގައި ކުންފުންޏަށް ޖުމްލަ ފައިދާގެ ގޮތުގައި 72.7 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ކުންފުނި ހިންގައިގެން 49.7 މިލިޔަން ރުފިޔާގެ ފައިދާއެއް ވަނީ ލިބިފައެވެ. މިއީ ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. ސަބަބަކީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުންފުނި ހިންގައިގެން 1.3 މިލިޔަން ރުފިޔާގެ ގެއްލުމެއް ވަނީ ލިބިފައެވެ.

އެމްޓީސީސީގެ މައިގަނޑު ވިޔަފާރިތަކަށް ބަލާއިރު، އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިމާރާތްކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކުންނެވެ. މި ދާއިރާއިން ދެވަނަ ކުއާޓަރުގައި 498.9 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

މި ކުއާޓަރުގައި އެމްޓީސީސީން ވަނީ 313 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރެއިން 9 މަޝްރޫޢެއްގެ މަސައްކަތް ވަނީ ނިންމާލެވިފައެވެ. އަދި 64 އައު މަޝްރޫޢެއްގެ މަސައްކަތް ވަނީ މި ކުއާޓަރުގައި ފެށިފައެވެ.

 

މިއަދު އޮންލައިން