މިއަދުން ފެށިގެންދާ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ދާ އަމިއްލަ މީހުންނަށް 1000، އެންސްޕާ އާއާސަންދް މީންނަށް 2000 ޑޮލަރު ލިބޭނެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
މިއަދުން ފެށިގެންދާ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ދާ އަމިއްލަ މީހުންނަށް 1000، އެންސްޕާ އާއާސަންދް މީންނަށް 2000 ޑޮލަރު ލިބޭނެ

އެންސްޕާ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ ބަލިމީހުންނަށް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ ގޮތް ސަރުކާރުން މިއަދުން ފެށިގެން ހަމަޖައްސައިފިއެވެ. އަދި އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ދާ ފަރާތްތަކަށް 1000 ޑޮލަރު ލިބޭނެ ގޮތްވެސް ވަނީ ހަމަޖެހިފައެވެ.

މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިދިޔަ މަހުގެ 21 ވަނަ ދުވަހު އިއުލާން ކުރެއްވި ނިންމެވުމެކެވެ. މިއީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ދިމާވާ ދަތިތަކަށް ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން އެޅުއްވި ފިޔަވަޅެކެވެ.

މިހާރުވެސް އާސަންދަ މެދުވެރިކޮށް ބޭސްފަރުވާއަށް ދާ ފަރާތްތަކަށް ބޭންކު މެދުވެރިކޮށް 2000 ޑޮލަރާ ހަމައަށް ލިބެމުންދާއިރު، އެންސްޕާ މެދުވެރިކޮށް ބޭސްފަރުވާއަށް ދާ ބަލިމީހުންނަށްވެސް މިހާރު އެ މިންވަރަށް ޑޮލަރު ލިބޭނެ ގޮތް ވަނީ ހަމަޖެހިފައެވެ. މިއީ އެފަދަ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ.

އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ ފަރާތްތަކަށް މިހާތަނަށް ބީއެމްއެލް މެދުވެރިކޮށް ލިބެމުން އައީ 500 ޑޮލަރެވެ. ނަމަވެސް މިއަދުން ފެށިގެން އެ އަދަދު 1000 ޑޮލަރަށް އިތުރުކޮށް، ބޭންކުތައް މެދުވެރިކޮށް ލިބޭނެ ގޮތް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއެކު، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި މިހާރު ދިމާވާ ދަތިތަކަށް ލުޔެއް ލިބި، ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހޭ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. މި ނިންމުމަކީ ޚާއްސަކޮށް ބޭސްފަރުވާއަށް ބޭރަށްދާ ގިނަ ފަރާތްތަކަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށް ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން