އުރީދޫގެ އަހަރީ ދުވަހާއި ގުޅުވައިގެން ކަސްޓާމަރުންނަށް ހާއްސަ އޮފަރތަކެއް.

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
އުރީދޫގެ އަހަރީ ދުވަހާއި ގުޅުވައިގެން ކަސްޓާމަރުންނަށް ހާއްސަ އޮފަރތަކެއް.

ރާއްޖޭގެ މުވާސަލާތީ ދާއިރާ ބަދަލުކޮށް ކުރިއަށް ގެންދިޔުމުގެ މަސައްކަތުގައި އުރީދޫ މޯލްޑިވްސް ރާއްޖޭގައި ހަރަކާތްތެރިވާން ފެށިތާ މިއަދު، 1 އޮގަސްޓު 2025 އަށް 20 އަހަރު ފުރުނީއެވެ.

މިއުފާވެރި މުނާސަބަތުގައި އުރީދޫގެ ކަސްޓަމަރުންނަށް ހާޢްސަ އޮފަރ ތަކެއް ވަނީ ފަށާފައެވެ.   

ލިވް އަންލިމިޓެޑް ކެމްޕެއިން

އުރީދޫ މޯލްޑިވްސްގެ 20 އަހަރު ފާހަގަ ކުރުމުގެ ގޮތުން މި އެޕްރީލް މަހު ވަނީ ލިވް އަންލިމިޓަޑް ކެމްޕެއިން ފަށާފައެވެ. މިކެމްޕެއިންގެ ދަށުން އުރީދޫގެ ކޮންމެ ހިދުމަތަކަށް 250 ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑު ހޭދައެއް ކުރާ ކަސްޓަމަރުންގެ މެދުގައި  ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ލަކީޑްރޯއެއް ނެގިގެންދާނެއެވެ. ނަސީބުވެރި 19 ނަސީބުވެރިއަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާއިރު، 20 ވަނަ އަދި އެންމެ ފަހު ނަސީބުވެރިޔާއަށް ގްރޭންޑް ޕްރައިޒްގެ ގޮތުގައި ދެ މީހަކަށް ހައްޖު ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ

20 ޕަސެންޓް ބޯނަސް ޑޭޓާ

އޮގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ކަސްޓަމަރުންނަށް ވަކި ޑޭޓާ ޕެކްތަކުން 20 ޕަސެންޓާ ހަމައަށް ބޯނަސް ލިބޭނެ އެވެ. މި ބޯނަސް ޑޭޓާ 4 ހަފުތާއަށް ބޭނުންކުރެވޭނެއެވެ.

ސްޕިން ދަ ވީލް އެންޑް ވިން

އޮގަސްޓް މަހުގެ ފުރަތަމަ ތިން ދުވަހު ކަސްޓަމަރުންނަށް މައި އުރީދޫ އެޕްގައި ވާ "ސްޕިން ދަ ވީލް" ފީޗާގައި ނަސީބު ޓްރައިކޮށް ސަޅި އޮފާތައް އަންލޮކް ކުރެވޭނެ އެވެ. 

އެމް-ފައިސާ އޮފާ

އޮގަސްޓް މަހުގެ ތެރޭގައި އެމްފައިސާ މެދުވެރިކޮށް ފުޑީސް އޯޑަރތަކަށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ފުޑީޒް އިން ދެން އަންނަ އޯޑަރުން ފަސް ޕަސެންޓުގެ ޑިސްކައުންޓެއް ލިބިގެންދާނެއެވެ

 

މިއަދު އޮންލައިން