ދެވަނަ ކުއާޓަރުގައި އުރީދޫ އަށް 167 މިލިއަނުގެ ފައިދާއެއް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
ދެވަނަ ކުއާޓަރުގައި އުރީދޫ އަށް 167 މިލިއަނުގެ ފައިދާއެއް

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސް އަށް 167 މިލިއަން ރުފިޔާގެ ފައިދާ އެއް ލިބިއްޖެއެވެ.

ދިވެހިރާއްޖޭގެ މުވާސަލާތީ ޚިދުމަތްދޭ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އުރީދޫ މޯލްޑިވްސްއިން، 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ (އެޕްރީލް 1 އިން ޖޫން 30 އަށް) މާލީ އާންމުކޮށްފައިވާއިރު، މި ރިޕޯޓުން ދައްކާ ގޮތުގައި ކުންފުނީގެ އާމްދަނީއާއި ސާފު ފައިދާއަށް ފާހަގަކުރެވޭ ކުރިއެރުންތަކެއް ވަނީ ލިބިފައެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 167.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ މޯބައިލް ހިދުމަތްތަކުން 811 މިލިއަން ރުފިޔާ، ފިކްސްޑް ބްރޮޑްބޭންޑު އަދި އެންޓަޕްރައިސް ހިދުމަތްތަކުން 274 މިލިއަން ރުފިޔާ އަދި އެހެނިހެން ހިދުމަތްތަކުން ފަސް މިލިއަން ރުފިޔާ އެވެ.

އުރީދޫ އަށް ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 539.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާ އަށް ލިބުނީ 167 މިލިއަން ރުފިޔާ އެވެ.

އުރީދޫ އިން ބުނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު އާމްދަނީ އަކީ މިދިޔަ ކުއާޓަރާ އަޅާބަލާއިރު 31 ޕަސެންޓު އިތުރު އަދަދެއް ކަމަށެވެ.

މި ކުރިއެރުންތަކުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޑިޖިޓަލް ޚިދުމަތްތަކަށް އާންމުންގެ އެދުން އިތުރުވުމާއި، އުރީދޫގެ ފުޅާވެފައިވާ ނެޓްވޯކް އަދި ކަސްޓަމަރުންނަށް އަމާޒުކޮށް ތައާރަފްކުރި އައު ޕެކޭޖުތަކާއި ޕްރޮމޯޝަންތައް ހިމެނެއެވެ. ޚާއްސަކޮށް، ފައިބަރ އޮޕްޓިކް ބްރޯޑްބޭންޑް ޚިދުމަތް ފުޅާކުރުމާއި، 5G ނެޓްވޯކް އިތުރު ރަށްރަށަށް ގުޅާލެވުމުގެ ސަބަބުން ކަސްޓަމަރުންގެ ބޭސް އިތުރުވެފައިވާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އުރީދޫ މޯލްޑިވްސްއިން ވަނީ ދިވެހިރާއްޖޭގެ މުވާސަލާތީ ދާއިރާ ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

 

މިއަދު އޮންލައިން