ފުވައްމުލަކު ހޮސްޕިޓަލުގައި ސިޓީ ސްކޭނުގެ ޚިދުމަތް ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 35ސ
ފުވައްމުލަކު ހޮސްޕިޓަލުގައި ސިޓީ ސްކޭނުގެ ޚިދުމަތް ފަށަނީ

ފުވައްމުލަކު ހޮސްޕިޓަލުގައި ސިޓީ ސްކޭނުގެ ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެގޮތުން މިޚިދުމަތް ފެށުމުގެ ގޮތުން މިހާރު ކުރިއަށްދަނީ ސީޓީ ސްކޭން މެޝިން އިންސްޓޯލްކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ނިމި މިމަހުގެ ތެރޭގައި މިޚިދުމަތް އެހޮސްޕިޓަލުގައި ފެށުމަށް ވަނީ އަމާޒު ހިފާފައެވެ.

ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ފުވައްމުލަކުގެ ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އެސިޓީއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް ޚިދުމަތުގެ ތެރޭގައި ސީޓީ ސްކޭންގެ ޚިދުމަތް ހިމެނެއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން