ކޮންމެ ދޯންޏަކަށް ރެސްކިއު ޑައިވަރެއް ތަމްރީނުކުރުމުގެ ޚާއްޞަ ޕްރޮގްރާމް ކުރިއަށް ގެންގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ކޮންމެ ދޯންޏަކަށް ރެސްކިއު ޑައިވަރެއް ތަމްރީނުކުރުމުގެ ޚާއްޞަ ޕްރޮގްރާމް ކުރިއަށް ގެންގޮސްފި

ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުތެރޭގައި ހިމެނޭ މަސްދޯނިތަކުން އެންދެމުމަށް ޑައިވްކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކޮންމެ ދޯންޏަކަށް ރެސްކިއު ޑައިވަރެއް ތަމްރީނުކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް މިނިސްޓްރީއިން ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމަކީ ސަރުކާރުގެ ހަފްތާ ސާދައިގެ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ޙަރަކާތެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބެޗްގައި ބެޗް ގައި ގއ.ކޮލަމާފުށި، ގއ.ވިލިނގިލި، ގއ.ނިލަންދޫ، ގއ.ދާންދޫ، ގއ.ދެއްވަދޫ، ގދ.މަޑަވެލި އަދި ސ.މަރަދޫ އިން 56 ޑައިވަރުން ވަނީ ތަމްރީނު ކުރެވިފައެވެ. އަދި މި އަހަރު އިތުރު ޑައިވަރުން ތަމްރީންކުރުމަށް ވަނީ ރޭވިފައެވެ.

މަސްވެރިކަމުގައި އެންދެމުމަށް ޑައިވްކުރާއިރު ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ މަސްވެރިންގެ ފުރާނައާއި ރައްކާތެރިކަމަށް އިތުރު ކަށަވަރުކަމެއް ގެނެސްދޭނެ ޕްރޮގްރާމެއް ކަމުގައި ބެލެވެއެވެ.

މަސްވެރިކަމުގައި ޑައިވްކުރުމަކީ ނުރައްކާތެރި މަސައްކަތެއް ކަމަށްވެފައި، ކޮންމެ ދޯންޏެއްގައި ރެސްކިއު ޑައިވަރެއް ހުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަން ފާހަގަކުރެވެއެވެ. މި ޕްރޮގްރާމްގެ ސަބަބުން މަސްވެރިކަމުގެ ދާއިރާގައި ރައްކާތެރިކަމުގެ މިންގަނޑުތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން