އުރީދޫއިން އޮގަސްޓް މަހު ނަގާ ކޮންމެ ސުޕަރނެޓަކަށް ހިލޭ އެސެޓް އިންޝުއަރަންސް ޕެކޭޖެއް ތައާރަފު ކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
އުރީދޫއިން އޮގަސްޓް މަހު ނަގާ ކޮންމެ ސުޕަރނެޓަކަށް ހިލޭ އެސެޓް އިންޝުއަރަންސް ޕެކޭޖެއް ތައާރަފު ކޮށްފި

އުރީދޫ މޯލްޑިވްސް އާއި އަމާނާ ތަކާފުލް އިންޝުއަރެންސް ގުޅިގެން އުރީދޫ ކަސްޓަމަރުންނަށް ހާއްސަ ހޯމް އެސެޓް އިންޝުއަރަންސް ޕެކޭޖެއް ތައާރަފު ކޮށްފިއެވެ.

އެއްވެސް އަގަކާ ނުލައި ފޯރުކޮށްދޭ މި އެކްސްކްލޫސިވް ބަންޑަލް މެދުވެރިކޮށް ކަސްޓަމަރުންގެ ގޭގައި ހުންނަ ތަކެތި ސުޕަނެޓް އިންސްޓޯލްކުރާ ތަނެއްގައި އިންޝުއަރ ކުރެވިގެންދާނެއެވެ.

ހޯމް އެސެޓް އިންޝުއަރަންސް އިން ތިރީގައިވާ ތަކެއްޗަށް ކަވަރޭޖް ފޯރުކޮށްދެއެވެ:

• ފަރުނީޗަރާއި ފިޓިންގްސް

• އިލެކްޓްރޯނިކް ސާމާނު 

• ފޭރާމާއި އަމިއްލަ ސާމާނު

• ކުޅިވަރު ސާމާނު

• ޕެޓްސްއާ ގުޅުންހުރި ތަކެތި 

އޮގަސްޓް މަހު އަލަށް ސުޕަރނެޓު ނަންގަވާ ފަރާތްތަކުން ސުޕަރނެޓު އެކްޓިވޭޓް ކުރުމުން މި އޮފަރ ނެގުމަށް އެލިޖިބަލް ވާނެއެވެ.  ސުޕަރނެޓު އެކްޓިވޭޓް ކުރުމަށްފަހު ކަސްޓަމަރުންނަށް މިޚިދުމަތަށް އެދެވޭނެއެވެ. 

އުރީދޫ މޯލްޑިވްސްގައި، އަޅުގަނޑުމެންގެ އަމާޒަކީ، ހަމައެކަނި ހަލުވި ސްޕީޑްގެ އިންޓަނެޓް ފޯރުކޮށްދިނުމެއް ނޫނެވެ. އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް މާނަހުރި އަދި ޢަމަލީ ޙައްލުތަކެއް ފޯރުކޮށްދީ، ދިރިއުޅުން ކުރިއެރުވުމަށް މަސައްކަތްކުރުން. އަމާނާ ތަކާފުލް އިންޝުއަރެންސްއާ ގުޅިގެން ސުޕަނެޓާއެކު މި ފޯރުކޮށްދެވޭ ހޯމް އިންޝުއަރަންސާއެކު ގެއާއި މުދާ ހިމާޔަތްކުރެވިފައިވާ ކަމުގެ ހިތުގެ ހަމަޖެހުން ލިބިގެންނެވެ.

 

މިއަދު އޮންލައިން